ކެމްޕެއިން އޮފީހުގައި ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

Thu, 25 Apr 2024 11:10 PM

View on this article on Raajje.mv

ކެމްޕެއިން އޮފީހުގައި ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

އޭޕްރީލް 16 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.



އެކަމާއި ގުޅޭގޮތުން ފުލުހުން ބުނީ ކެމްޕެއިން އޮފީހުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި އޭޕްރީލް 25 ވަނަ ދުވަހުގެ މެންދުރު 2:55 ހާއިރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެއެވެ. އެމީހާ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންކަމަށެވެ.



More from Raajje.mv