ފުލުހުންގެ ޚިދުމަތާ އަލަށް 99 ފުލުހުން ގުޅިއްޖެ

Thu, 25 Apr 2024 12:43 PM

View on this article on Raajje.mv

ފުލުހުންގެ ޚިދުމަތާ އަލަށް 99 ފުލުހުން ގުޅިއްޖެ

ފުލުހުންގެ ޚިދުމަތާ އަލަށް 99 ފުލުހުން ގުޅިއްޖެއެވެ.



ބުރާސްފަތި ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޢަލްއުސްތާޛު މުހައްމަދު ފައިސަލްއެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 99 ފުލުހުންނެވެ. އެއީ އަންހެން 27 ފުލުހުންނާއި ފިރިހެން 51 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 10 ފުލުހުންނާއި ފިރިހެން 11 ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ހެޑް އޮފް ޕީޕަލް ޑައިރެކްޓްރޭޓް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޢަބްދުއް ރަހްމާން، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު އަދި ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.



More from Raajje.mv