4 ކައުންސިލެއްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި

Sat, 04 May 2024 10:24 PM

View on this article on Raajje.mv

4 ކައުންސިލެއްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ބައި-އިލެކްޝަންތަކުގެ ތެރެއިން 4 ކައުންސިލެއްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފިއެވެ.



ހޮނިހިރު ދުވަހު 6 ކައުންސިލެއްގެ ބައި އިލެކްޝަން ވަނީ ބާއްވާފައެވެ. އެއީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސާއި ހއ. އުތީމާއި، ނ. ލަންދޫއާއި، ނ. ވެލިދޫ ކައުންސިލްގެ މެންބަރުގެ އިތުރުން ހއ. ތަކަންދޫއާއި، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަނެވެ.

މި ބައި-އިލެކްޝަންތަކުގެ ތެރެއިން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ވަނީ ހއ. އުތީމް، ހއ. ތަކަންދޫ، ރ. އިންނަމާދޫ އަދި ނ. ވެލިދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކޮށްފައެވެ.

ނ. ލަންދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ އިދިކޮޅު މައި ޕާޓީ އެމްޑީޕީންނެވެ. އަދި މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަން ކާމިޔާބުކުރީ ޑިމޮކްރެޓްސްއިންނެވެ.

ބައި- އިލެކްޝަން ކާމިޔާބުކުރި ކެންޑިޑޭޓުން:

ހއ. އުތީމް - ޕީއެންސީގެ ކެންޑިޑޭޓް، އިބްރާހިމް ސުނާން

ހއ. ތަކަންދޫ، ޕީއެންސީގެ ކެންޑިޑޭޓް، ސަމީނާ މުހައްމަދު

ރ. އިންނަމާދޫ - ޕީއެންސީގެ ކެންޑިޑޭޓް، އައިޝަތު ސަމާހާ

ނ. ވެލިދޫ - ޕީއެންސީގެ ކެންޑިޑޭޓް، އަބްދުﷲ އަބްދުއްރައްޒާގު

މ. މަޑުއްވަރީ - ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، މުހައްމަދު އާޒިމް އަލީ (ޓޮޓީ)

ނ. ލަންދޫ - އެމްޑީޕީގެ ކެންޑިޑޭޓް، އަބްދުﷲ އާރިފް



More from Raajje.mv