ނޮޅިވަރަމް ދާއިރާގެ އިންތިހާބީ ކެންޑިޑޭޓު ވެސް ޕީއެންސީއަށް

Thu, 25 Apr 2024 12:19 PM

View on this article on Raajje.mv

ނޮޅިވަރަމް ދާއިރާގެ އިންތިހާބީ ކެންޑިޑޭޓު ވެސް ޕީއެންސީއަށް

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބުކުރެއްވި މުހައްމަދު ރަޝީދު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.



ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ނޮޅިވަރަމް ދާއިރާގެ ކެންޑިޑޭޓު މުޙައްމަދު ރަޝީދު ޕީއެންސީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

މުހައްމަދު ރަޝީދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިޚާބުވެވަޑައިގެންނެވި 6 މެންބަރަކު ވެސް ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ

ޙަސަން ޒަރީރު – މަތިވެރި ދާއިރާ

އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ

ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

ނޮޅިވަރަމް ދާއިރާގެ ގޮނޑި މުހައްމަދު ރަޝީދު ކާމިޔާބުކުރައްވާފައިވަނީ އެ ދާއިރާއަށް ވާދަކުރި ބާކީ 4 ކެންޑިޑޭޓުންނާއި ވާދަކޮށްގެން ވޯޓުލީ މީހުންގެ 30.65 އިންސައްތަ ހޯއްދަވައިގެންނެވެ. މުހައްމަދު ރަޝީދަށް 722 ވޯޓު ލިބިވަޑައިގެންނެވި އިރު އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ލިބިވަޑައިގަތީ 426 ވޯޓެވެ.

މީގެ އިތުރުން އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރި އަހުމަދު އަޝްރަފްއަށް ލިބުނީ 653 ވޯޓެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި އަލީ އަބްދުލް ރަހުމާނަށް ލިބުނީ 369 ވޯޓެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީން ވާދަކުރި ހުސައިން ޝަހުދީއަށް ލިބުނީ 186 ވޯޓެވެ.



More from Raajje.mv