ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި

Thu, 28 Mar 2024 03:56 PM

View on this article on Raajje.mv

ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި

މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ސާބިތު ދަރަންޏެއް އެބައޮތް ކަމަށާއި، އެހެންކަމުން އޭނާއަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އިލެކްޝަންސް ކޮމިޝަނުންވެސް އޭނާގެ ނަން އުނިކޮށް ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފިއެވެ.



ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ ޝަރުތު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ބުރާސްފަތި ދުވަހު އެ ކޯޓުގައި ކުރިއަށްދިޔަ ޙުކުމް ކުރުމުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

އެއާއެކު އީސީން އަލުން ލިސްޓު އާންމުކޮށްފައިވާއިރު، މިހާރު ހިމެނެނީ ދަ ޑިމޮކްރެޓްސް ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ، ޢަލީ  ޢާޡިމް، ކޮންގްރެސް ޕާޓީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ، ޙުސައިން  ނާޞިޙް (ލަވްލީ)، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ، އިބްރާހީމް ޢަލީ ޖަލީލް (އިބޫޖަލީލް) އަދި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓު ، ޙަލީމަތު  ޒުހައިރާ (ހަލީމަތު) އެވެ.



More from Raajje.mv