ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

Sat, 27 Apr 2024 07:11 PM

View on this article on Raajje.mv

ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

ޖުޑިޝަރީގައި ބޭނުންކުރަން ފެށި އިންޓަރގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު މައްސަލަތަކުގައި އަދުލު އިންސާފު އަވަހަށް ލިބިގެންދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓަރޭޓަރ އާއިޝަތު ރިޒުނާ ވިދާޅުވެއްޖެއެވެ.



އިންޓަރގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް ޖުޑިޝަލް އެޑްމިނިސްޓަރޭޓަރ އާއިޝަތު ރިޒުނާ ވިދާޅުވީ ޝަރުއީ ދާއިރާގެ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ނެތުމުގެ ސަބަބުން ތަފާތު ގިނަ ގޮންޖެހުންތަކާއި ދިމާވި ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމްކުރެވިފައިވާއިރު، ކްލަސްޓަރ ކުރެވި ކްލަސްޓަރ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ އިރު މަސައްކަތްތަކާއި، ކޭސް މެނޭޖްމަންޓުގެ ބޭނުން އިންތިހާއަށް ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ލޯންޗް ކުރެވިގެންދިޔަ އިންޓަރގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމަކީ ޝަރުއީ ދާއިރާގައި އަދި ބްރޯޑަރ ލީގަލް އެންޑް ޖަސްޓިސް ސެކްޓަރގައި ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެއް ވިއުގައަކުން ގުޅާލެވި އެއްލައިނަކުން ގުޅާލެވޭ މުހިންމު ފާލަމެއް ކަމަށެވެ.

އެގޮތުން މަސައްލައެއް ތަހުގީގުކުރަންފެށޭ ހިސާބުން ފެށިގެން ހުކުމް ކުރުމާއި ހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިފަދަ ވިއުގައެއްގެ ތެރެއިން ކުރިއަށް އޮތްތަނުގައި ކުރެވިގެންދާނެ. މިކަމުގެ ސަބަބުން މަސައްކަތުގެ ވަގުތު ކުޑަވެ ކޯޓުތަކުގެ ހިންގުން ހަރުދަނާވެ ހަލުވިކަމާއި އެފިޝިއަންސީ އިތުރުވެ މައްސަލަތަކުގެ ބެކްލޮގް ކުޑަކު އިންސާފު ލިބިގެންދާނެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓަރޭޓަރ އާއިޝަތު ރިޒުނާ

ރިޒްނާ ވިދާޅުވީ މި ސިސްޓަމްގައި ހިމެނޭ ޕަބްލިކް އެކްސެސް ޕޯޓަލްތަކާއެކު އާންމުންނަށް މައްސަލަތަކާއި ގުޅޭ މައުލޫމާތު ފަސޭހައިން ދެނެގަނެވި، ކޯޓުތަކުގެ އިޖްރާއަތްތައް ދެނެގަނެ، ދެފުށްފެންނަ ނިޒާމަކުން މައްސަލަތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެވޭނެ ކަމަށެވެ.

އަދި މިއީ ޝަރުއީދާއިރާއާމެދު އާންމުންގެ އިތުބާރު ބޮޑުވެ، އިތުބާރު ހަރުދަނާކުރުމަށްޓަކައި އެޅޭ ރަނގަޅު ބިންގާއަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



More from Raajje.mv