ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 8 މީހަކު ހައްޔަރުކޮށްފި

Fri, 10 May 2024 11:58 AM

View on this article on Raajje.mv

ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 8 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 8 މީހަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ-ފޭސް1 ގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 7 ފިރިހެނުންނާއި އެއް އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. މި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.



More from Raajje.mv