ދިވެހިންނަށް ޚާއްސަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހިން 13 ބިމެއް ވިއްކަން ހުޅުވާލައިފި

Fri, 10 May 2024 12:00 AM

View on this article on Raajje.mv

ދިވެހިންނަށް ޚާއްސަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހިން 13 ބިމެއް ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ބިން، ބީލަމުގެ އުސޫލުން ވިއްކަން ހުޅުވާލައިފިއެވެ.



ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލާފައި ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސައިޑުން 13 ބިމެވެ. މި ބިންތަކުގެ ތެރޭގައި 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނެއެވެ.

ދިރިއުޅުމުގެ ބޭނުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް މިއަދު އިއުލާނުކުރި ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ. ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބީލަމުގައި އަމިއްލަ ފަރާތްތަކަށާއި 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ 2 މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

ދިރިއުޅުމުގެ ބޭނުމަށް ދޫކުރުމަށް ކަނޑައެޅިފައިވާ މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000.00 ރުފިޔާ އެވެ.



More from Raajje.mv