ޔޫކްރެއިނުގެ ވަރުގަދަ ޙަމަލާއެއް ރަޝިޔާއިން ހުއްޓުވައި ބޮޑެތި ގެއްލުންތަކެއް ދީފި

Mon, 05 Jun 2023 12:33 PM

View on this article on PSM News

ޔޫކްރެއިނުގެ ވަރުގަދަ ޙަމަލާއެއް ރަޝިޔާއިން ހުއްޓުވައި ބޮޑެތި ގެއްލުންތަކެއް ދީފި

އެތައް މަސްދުވަހެއްގެ ތައްޔާރީތަކަށްފަހު ރަޝީޔާއިން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތައް މިނިވަންކުރުމަށް ޔޫކްރެއިނުން ދިން ޙަމަލާ ނާކާމިޔާބުވެއްޖެއެވެ.

ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ދޮންޔެސްކުގެ ފަސް ސަރަޙައްދަކަށް ޔޫކްރެއިނުން ޙަމަލާދިނުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އެ ޙަމަލާތައް ނާކާމިޔާބުވެ ޔޫކްރެއިނުގެ އެތައް ސަތޭކަ ސިފައިންނެއްވަނީ މަރުވެފައެވެ. އެ ގޮތުން އެ ޙަމަލާގައި ޔޫކްރެއިނުގެ 250 ސިފައިން މަރުވެ، 16 ޓޭންކު ހަލާކުވެ، 25 އަސްކަރީ އުޅަނދު ހަލާކުވިކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ. އެ ޙަމަލާގައި ދެ ޓޭންކު ލަޝްކަރާއި ސިފައިން އުފުލައި އަސްކަރީ އުޅަނދު ބޭނުންކުރާ ހަ ލަޝްކަރު ބައިވެރިވިކަމަށްވެއެވެ. ޔޫކްރެއިނުން ދިން ނާކާމިޔާބު ޙަމަލާގައި ހަލާކުވެފައިވާ އުޅަނދުތަކުގެ ވީޑިއޯއެއްވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ޢާއްމުކޮށްފައިވެއެވެ.

ދޮންޔެސްކުގެ ދެކުނުގެ ސަރަޙައްދުތަކަށް ދިން ޙަމަލާއާ ގުޅޭގޮތުން ޔޫކްރެއިނުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ ޙަމަލާއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ތަމުރީންތަކުގެ ވީޑިއޯތައް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ޢާއްމުކޮށްފައިވެއެވެ.



More from PSM News