ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުމަށް ލ. އަތޮޅުގައި ބޮޑު ހަރަކާތެއް ބާއްވައިފި

Fri, 26 Apr 2024 10:30 PM

View on this article on PSM News

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުމަށް ލ. އަތޮޅުގައި ބޮޑު ހަރަކާތެއް ބާއްވައިފި

މަޖިލިސް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ލ. ފޮނަދޫގައި ބޮޑު ހަރަކާތެއް ބާއްވައިފިއެވެ.

ގަމާއި ފޮނަދޫގައި ކުރިއަށްދިޔަ މި ހަރަކާތުގައި ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ހަރަކާތުގައި ޕީއެންސީއަށް ތާއިދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވަނީ ބައްޕާފުޅު، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ ޢަބްދުއްރަހީމް ަޢބްދުﷲ، ލ. އަތޮޅުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރެވި، ޢަބްދުއްރަހީމް ޢަބްދުﷲ އަށް ވަނީ 69.40 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 16،49 ވޯޓެވެ. އަބްދުއްރަހީމާއި އެންމެ ގާތުން ވާދަކުރެއްވި އެމް.ޑީ.ޕީގެ ކެންޑިޑޭޓް ޙުސައިން އަބޫބަކުރަށް ލިބިވަޑައިގަތީ 491 ވޯޓެވެ.

ހައްދުންމަތީގެ 3 ދާއިރާއެއް ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފައެވެ. ލ. ގަމުދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ޔޫސުފް ނަޝީދު ކާމިޔާބު ކުރެއްވީ، 59.01 އިންސައްތައިންނެވެ. އަދި އިސްދޫ ދާއިރާގެ ގޮނޑި މެމްބަރު އިސްމާއީލް ޝަފީޢު ކާމިޔާބު ކުރެއްވީ 55.02 އިންސައްތަ ވޯޓާއެކުގައެވެ.





More from PSM News