ބޮޑުއަގުދީގެން ގަތް ޑްރޯންތައް ބޭނުންކުރޭތޯ ސުވާލުކުރަން ޑިފެންސް މިނިސްޓަރު މަޖިލީހަށް

Tue, 22 Oct 2024 10:16 AM

View on this article on One Online

ބޮޑުއަގުދީގެން ގަތް ޑްރޯންތައް ބޭނުންކުރޭތޯ ސުވާލުކުރަން ޑިފެންސް މިނިސްޓަރު މަޖިލީހަށް

ބޮޑު އަގުދީގެން ތުރުކީއިން ރާއްޖެއަށް ގަތް ޑްރޯންތައް ބޭނުންކުރޭތޯ އޮޅުން ފިލުވުމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅައިފިއެވެ.

ޑްރޯންތަކާ ބެހޭގޮތުން ޑިފެންސް މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މީކާއިލް ހުށަހެޅުއްވި ނޯޓިސްގައި ސުވާލު ކުރައްވާފައި ވަނީ 570 މިލިއަން ރުފިޔާއާ ގާތްކުރާ އަގެއްގައި އެމްއެންޑީއެފްގެ އެއާ ކޯގެ ހިދުމަތަށް ގެނައި ޑްރޯން ބޭނުން ކުރަން ފަށާފައިވޭތޯއެވެ.

މިހާތަނަށް ޑްރޯން ބޭނުން ކޮށްފައި ވަނީ ކޮން ބޭނުމެއްގައިތޯ ވެސް މީކާއިން ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީހަކު ނުވަތަ ބަޔަކު ގެއްލުނު އޮޕަރޭޝަނެއްގައި އެމްއެންޑީއެފް އިން އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންތަކުގެ ބޭނުން މިހާތަނަށް ކޮށްފައިވާކަން އެނގިފައި ވަނީ އެންމެ ފަހަރަކުއެވެ.

އެއީ އެޕްރީލް 20، ގައި މ. ރަތްމަންދޫ ބޭރުން ގެއްލުނު ދޯންޏެއް ހޯދުމަށެވެ.





More from One Online