މިސްރަކީ މެލޭރިޔާ ނައްތާލާފައިވާ ގައުމެއް ކަމަށް ކަނޑައަޅައިފި

Tue, 22 Oct 2024 09:35 AM

View on this article on One Online

މިސްރަކީ މެލޭރިޔާ ނައްތާލާފައިވާ ގައުމެއް ކަމަށް ކަނޑައަޅައިފި

މިސްރަކީ މެލޭރިޔާ ނައްތާލާފައިވާ ގައުމެއް ކަމުގައި ކަނޑައަޅައިފިއެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މިސްރުގެ ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުން އެތައް އަހަރެއް ފަހުން އެގައުމުން މެލޭރިއާ ނައްތާލާފައިވާ ކަމަށް ބުނެ އެކަން އިއުލާން ކޮށްފައެވެ.

މިސްރުން މެލޭރިޔާ ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ އެގައުމުން މެލޭރިއާ ނުފެތުރޭތާ ޖެހި ޖެހިގެން ތިން އަހަރު ވުމުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.

ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ވަނީ ގަދީމީ ޒަމާނުންސުރެ މެލޭރިއާގެ އުނދަގޫ މިސްރަށް ކުރިމަތިވެފައިވާ ކަމަށާއި އެކަމުން އަރައިގަތުމަށް އެގައުމުގެ ސަރުކާރުތަކުންނާއި އާންމުން ކުރި މަސައްކަަތް ފާހަގަކުރާ ކަމަށް ބުނެފައެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ މެލޭރިއާ މިސްރުން ނައްތާލުމަށް އެގައުމުން މަސައްކަތް ފަށާފައިވަނީ މީގެ 100 އަހަރު ކުރިން ކަމަށް އޮފިޝަލުން ބުނެއެވެ.

މިސްރަނީ މެދުއިރުމަތިން މެލޭރިއާ ނައްތާލާފައިވާ ގައުމުތަކުގެ ތެރެއިން ތިން ވަނަ ގައުމެވެ. މީގެ ކުރިން ޑަބްލިއުއެޗްއޯ އިން ވަނީ ޔޫއޭއީގެ އިތުރުން މޮރޮކޯ އަކީ މެލޭރިއާ ނައްތާލާފައިވާ ދެ ގައުމު ކަމުގައި ކަނޑައަޅައިފައެވެ.





More from One Online