ޓެކްސް ޓްރައިބިއުނަލަށް 4 މެންބަރުން އައްޔަން ކުރަން މަޖިލީހަށް

Tue, 22 Oct 2024 10:15 AM

View on this article on One Online

ޓެކްސް ޓްރައިބިއުނަލަށް 4 މެންބަރުން އައްޔަން ކުރަން މަޖިލީހަށް

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ފަސް މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުންގެ މަގާމު ހުސްވީ، އެ ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، އެ މެންބަރުން ވަކިކުރުމާ ގުޅިގެންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް ކުރިމަތިލާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތިލި މެންބަރުންގެ ނަންތައް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް:

  • ހަަސަން ޒުހެއިރު މުހައްމަދު، ގ. މާވާރުލު
  • އާއިޝަތު އާދަމް، ރިވެލި، ރ. އަލިފުށި
  • އިބްރާހިމް ޝަރީފް، ގ. އަލިޝާ
  • ޝިފްޒާ އަބްދުލްގައްޔޫމު ގަސްދޮށުގެ، ގއ. ނިލަންދޫ
  • އަހުމަދު ސައީދު، މ. ފަތްކޯނި ހުޅަނުބައި
  • އަބްދުﷲ އަބްދުލްހަކީމް އަޒާން، ޕެލަސް، ޅ. ނައިފަރު
  • މުހައްމައު އަމީން ޒާހިރު، ނީލާ، ސ. ހިތަދޫ
  • މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
  • އަބްދުލްގަނީ މުހައްމަދު، ހ. ހޮސްސައިޑް
  • އަހްމަދު އަލީ، ހުޅުމާލެ ފްލެޓް
  • އަލީ ރިޒާ އިސްމާއީލް، ހުޅުމާލެ ހިޔާ 2
  • ފާތުމަތު ޝަފީނާޒް، ހުޅުމާލެ ގޯތި 11021
  • މަޖީދު އަލީ، މަތަރެސްމާގެ، ގއ. ދާންދޫ

މީގެ ތެރެއިން ޓްރައިބިއުނަލަށް އައްޔަންކުރަން ބޭނުންވާ ހަތަރު މެންބަރުންގެ ނަން މަޖިލީހުން ފާސްކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެކަމަށް އެދިވަޑައިގެން ރައީސް މަޖިލީހަށް ފޮނުއްވި ނަން ފުޅުތައް އިތުރަށް ދިރާސާކުރުމަށް މަޖިލިސް ރައީސް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވައިފައެވެ.





More from One Online