އިންޑޮނޭޝިއާގެ އާ ރައީސްގެ ކެބިނެޓު އެކުލަވާލައިފި، 48 މިނިސްޓަރުން ހިމެނޭ

Tue, 22 Oct 2024 09:33 AM

View on this article on One Online

އިންޑޮނޭޝިއާގެ އާ ރައީސްގެ ކެބިނެޓު އެކުލަވާލައިފި، 48 މިނިސްޓަރުން ހިމެނޭ

އިންޑޮނޭޝިއާގެ އާ ރައީސް، ޕްރަބޯވޯ ސުބިއަންޓޯގެ ކެބިނެޓު އެކުލަވާލައްވައިފިއެވެ.

އިންޑޮނޭޝިއާގެ އާ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ އޭނާގެ ސަރުކާރުގެ ކެބިނެޓު އެކުލަވާލައި އެމައުލޫމާތު ހިއްސާ ކުރައްވައިފައެވެ. ރައީސް ޕްރަބޯވޯގެ ކެބިނެޓުގައި 48 މިނިސްޓަރުންނާއި 58 ވައިސް މިނިސްޓަރުން ހިމެނެއެވެ.

މިއީ 1960 ވަނަ އަހަރު ފަހުން އިންޑޮނޭޝިއާގެ ސަރުކާރުގެ ކެބިނެޓެއްގައި މިހާ ގިނަ މަގާމުތައް ހިމެނުނު ފަހަރެވެ.

އިންޑޮނޭޝިއާގެ ކުރީގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނިފައިވަނީ 34 މިނިސްޓަރުންގެ އިތުރުން 30 ވައިސް މިނިސްޓަރުންނެވެ.

އިންޑޮނޭޝިއާގެ އަށްވަނަ ރައީސް ކަމާ ޕްރަބޯވޯ ހަވާލުވެވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވައި ވިދާޅުވީ އެ ގައުމުން ފަގީރުކަން ނައްތާލައި ކޮރަޕްޝަނަށް ހުރި މަގުތައް ބަންދު ކުރުމުގެ އިތުރުން އިންޑޮނޭޝިއާގެ އާންމު ހާލަތަށް ބަދަލު ގެންނަވާނެ ކަމަށެވެ.

އިންޑޮނޭޝިއާގެ އާ ސަރުކާރުގެ މިނިސްޓަރުން މަގާމާ ހަވާލުވުމަށްފަހު ފުރަތަމަ ކުރުމަށް ހަމަޖެހިފައިވާ ކަމަކީ އެގައުމުގެ މެދުތެރޭ ޖާވާގައި އޮންނަ މިލިޓަރީ އެކަޑެމީއެއްގައި ތިން ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރުން ކަމަށް އޮފިޝަލުން ބުނެއެވެ. އެތަމްރީނުގައި މިނިސްޓަރުންނާއި ވައިސް މިނިސްޓަރުން ނިދުމަށް ހަމަޖެހިފައިވަނީ ޓެންޓުތަކުގައި ކަމަށާއި އެތަމްރީނު ތަކުގެ އެންމެ ބޮޑު މަގުސަދަކީ އެންމެން އެންމެނަށް އެނގި، ގުޅުން ބަދަހިކުރުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.





More from One Online