މި ދައުރުގައި ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިކޮށްދޭނަން: ރައީސް

Sat, 27 Jul 2024 01:45 AM

View on this article on One Online

މި ދައުރުގައި ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިކޮށްދޭނަން: ރައީސް

މި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭ އިރު ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމިީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ބޮލަކަށް ޖެހޭ މިންވަރު ހުރީ 13،000 ޑޮލަރުގައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ފުރިހަމަ ޔަގީންކަމާ އެކީގައި ދަންނަވާލަނީ 2028 އަންނަ އިރުގައި 17،000 ޑޮލަރަށް އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕް ނުކޮށް، އިގުތިސޯދީ ސިޔާދަތު ޔަގީން ކުރެވި، އިގުތިސޯދު ހަރުދަނާ ކުރެވި، ގައުމު މުއްސަނދި ކުރެވި، ފަރުދުން މުއްސަނދިވެގެންދާނެ މަސައްކަތްތައް މި ސަރުކާރުން ކުރާނެ ކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ފުޅާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ މަސައްކަތްތައް ވެސް ކުރަމުންދަނީ ރައްޔިތުން މުއްސަނދިވެގެންދާނެ ގައުމުގެ އިގުތިސޯދު ހަރުދަނާ ވެގެންދާނެ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.





More from One Online