ޝެއިހް ހަސީނާ ހައްޔަރުކުރުމުގެ އަމުރެއް ބަންގްލަދޭޝްއިން ނެރެފި

Fri, 18 Oct 2024 09:21 AM

View on this article on One Online

ޝެއިހް ހަސީނާ ހައްޔަރުކުރުމުގެ އަމުރެއް ބަންގްލަދޭޝްއިން ނެރެފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފިއެވެ.

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް އިން ވަނީ އިންސާނިއްޔަތާ ދެކޮޅަށް ގިނަ ޖަރީމާތަކެއް ހިންގުމުގެ އިތުރުން އެގައުމުގައި ކުރިޔަށްދިޔަ މުޒާހަރާތަކުގައި އެތައް ބަޔަކު މަރާލުމުގެ ކުށުގައި ހަސީނާ ހައްޔަރުކުރުމަށް އަމުރު ނެރެފައެވެ.

ޝެއިހް ހަސީނާގެ އިތުރުން އެގައުމުގެ ކުރީ ސަރުކާރަށް ނިސްބަތްވާ 45 މީހަކު ހައްޔަރު ކުރުމަށް ވެސް ވަނީ އަމުރު ނެރެފައެވެ. ކޯޓުން ވަނީ އެ އެންމެން ގައުމު ދޫކޮށް ފިލާފައިވާ ކަމަށް ވެސް ބުނެފައެވެ.

ބަންގްލަދޭޝްގެ ކޯޓުން ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން ހަސީނާ އެކޯޓަށް ހާޒިރުވުމަށް އަމުރު ކޮށްފައެވެ.

ޖުލައި އިން ފެށިގެން އޮގަސްޓާ ހަމައަށް ބަންގްލަދޭޝްގައި ކުރިޔަށް ދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލް ނުވެ އެގައުމުގެ އޭރުގެ ސަރުކާރުން ހިންގަމުންގެންދިޔަ އަމަލުތަކުގެ ސަބަބުން އެގައުމުގެ އެތައް ހާސްބަޔަކު ވަނީ މަގުތަކަށް ނުކުމެ އަޑުއުފުލައިފައެވެ.

މުޒާހަރާތައް ހޫނުވެ، ކޮންޓްރޯލް ނުވުމުން، ބާރުގެ ބޭނުން ހިފުމުގެ ތެރޭގައި 1000 އަށް ވުރެން ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ އިންޓަރިމް މިނިސްޓްރީ އިން ބުނެފައިވެއެވެ.

ގައުމު ކޮންޓްރޯލުން ނެއްޓުމުން އޭރުގެ ބޮޑުވަޒީރު ހަސީނާ ވަނީ ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެން އިސްތިއުފާ ދެއްވައިފައެވެ.





More from One Online