ސަރުކާރުން ހުރިހާ އާރްޓީއައި ތަކަށް ޖަވާބު ދީފިން: ރައީސް

Sat, 27 Jul 2024 01:38 AM

View on this article on One Online

ސަރުކާރުން ހުރިހާ އާރްޓީއައި ތަކަށް ޖަވާބު ދީފިން: ރައީސް

މައުލޫމާތު ހޯދާ ލިބިގަތުމުގެ ދަށުން އެކި ފަރާތްތަކުން ސަރުކާރުގެ މިނިސްޓްރީތަކަށާއި ރައީސް އޮފީހަށް ހުށަހަޅައިފައިވާ ހުރިހާ އާރްޓީއައި ތަކަށް ޖަވާބުދީފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަގީގީ މާނައިގައި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށެވެ. އެކަން ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން، ބިލުތަކަށް ފައިސާ ދޫކުރަން ޖެހިފައިވާ ތަރުތީބު އާންމުކޮށް ފެންނާނެ ގޮތް ހަދާނެ ކަމަށާއި އެއިރުން ތަރުތީބާ ހިލާފަށް ވަކި ބައެއްގެ ބިލުތައް އިސްކޮށް، ފައިސާ ދެވެން ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުން ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގައި ރައީސް އޮފީސް ހިމެނޭހެން ނޯންނާނެ އެންމެ އާރްޓީއައި އެއްވެސް ޖަވާބުނުދީ. ހުރިހާ އާރްޓީއައިއަކަށް ޖަވާބުދީފިން،" ރައީސް ވިދާޅުވިއެވެ.

އާރްޓިއައިގެ ދަށުން ގިނައިން ސުވާލުތަށް ހުށަހަޅައިފައިވަނީ ސިޔާސީ ބޭނުންތަކުގައި ކަމަށާއި ނަމަވެސް އެފަދަ ސުވާލުތަކަށް ވެސް ޖަވާބުދާރިވުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ހިންގާނީ ހާމަކަން ބޮޑު، ޖަވާބުދާރީވާނެ ސަރުކާރެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ތަފްސީލުތައް ހޯދަން ދާން ޖެހެނީ ކޯޓަށް ކަމަށާއި ނަމަވެސް އެ މަނިކުފާނު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެން އިސްވެ އެ މައުލޫމާތު ހާމަކުރައްވަން ފަށައިފައި ކަމަށެވެ.





More from One Online