ޗައިނާއިން ދަނީ އެމެރިކާގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުން: އެމެރިކާ

Sat, 27 Apr 2024 10:32 AM

View on this article on One Online

ޗައިނާއިން ދަނީ އެމެރިކާގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުން: އެމެރިކާ

ޗައިނާއިން އެމެރިކާގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ބުނެފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ ޗައިނާއިން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެމެރިކާގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެކަމުގެ ހެކިވެސް ލިބިފައިވާ ކަމަށެވެ.

ހުކުރު ދުވަހު ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު ސަން ފްރެންސިސްކޯގައި އޮތް ސަމިޓުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޗައިނާގެ ލީޑަރު ޝީ ޖިންޕިންގެ އަރިހުން އެމެރިކާގެ އިންތިހާބުތަކަށް ނުފޫޒު ނުފޯރުވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

މިއަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބަށް ޗައިނާއިން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކޮށްފައިވާ އިރު، ޗައިނާއިން މީގެ ކުރިން ވަނީ އެއީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ.

ޗައިނާގެ އިންޓާނަލް އެފެއާޒް އިން ވަނީ އެގައުމުން އެހެން ގައުމުތަކުގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަކީ ނުކުރާނެ ކަމެއް ކަމަށާއި އެއީ ޗައިނާއިން އަބަދުވެސް ގެންގުޅޭ ހަމައެއް ކަމަށް ބުނެފައެވެ.





More from One Online