މޯލްޑިވިއަންގެ ހަތަރު ވަނަ އޭޓީއާރު މަތިންދާ ބޯޓު ރާއްޖެ ގެނެސްފި

Wed, 08 May 2024 03:58 PM

View on this article on One Online

މޯލްޑިވިއަންގެ ހަތަރު ވަނަ އޭޓީއާރު މަތިންދާ ބޯޓު ރާއްޖެ ގެނެސްފި

މޯޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުންއޭޓީއާރު މަރުކާގެ މަތިންދާބޯޓެއް ރާއްޖެ ގެނެސްފިއެވެ.

އެކަން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.

މޯލްޑިވިއަން އިން ބުނީ، އެ އެއާލައިންގެ ފްލީޓަށް މިއަދު އިތުރުކުރި ބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތް ތަކާއެކު އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެއް ކަމަށެވެ. އަދި އެ މަތިންދާބޯޓުގެ ސަބަބުން އެ އެއާލައިންގެ ކެޕޭސިޓީ އިތުރުވެ، މަންޒިލްތަކަށް ދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރެވި ދިވެހިންނަށާއި ފަތުރުވެރިންނަށް ކަނެކްޓިވިޓީ އިތުރުކުރެވި، ފަސޭހަ ކަމާއެކު ދަތުރުތައް ހަމަޖެއްސޭނެ ކަމަށް ބުންޏެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާޒް ވިދާޅުވީ އާ މަތިންދާބޯޓާއެކު ފަސިންޖަރުންނަށް ކުރެވޭ ތަޖުރިބާ އަދި އޮޕަރޭޝަން ހަރުދަނާ ކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެ ބޯޓުން ތަފާތު ހިތްހަމަޖެހުމެއް ދަތުރުވެރިންނަށް ލިބިގެންދާނެ ކަމަށާއި އެގޮތުން އެ މަތިންދާބޯޓުގެ އެތެރޭގެ ފިނިހޫނުމިން ކޮންޓްރޯލްކުރެވިފައިވާ ރަނގަޅު ނިޒާމަކާއި އަޑުތައް އިވޭ މިންވަރު ދަށްކުރެވުން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"ޒަމާނީ އެވިއޮނިކްސްއާއި ހާއްސަ ފިއުލް އިކޮނޮމީއަކީ އަޅުގަނޑުމެންގެ ފުޅާވަމުން އަންނަ ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ރަނގަޅުކުރެވި ދެމެހެއްޓުމަށްކުރާ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން. ޒަމާނީ މި އާ މަތިންދާބޯޓަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށްވާހާލު ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އަޅުގަނޑުމެން ދޭ ހިދުމަތް ރަނގަޅު ކުރެވި ކުރާ އިތުބާރު އިތުރުވާނެކަމުގެ އުއްމީދުކުރެވޭ" އިޔާޒް ވިދާޅުވިއެވެ.

މޯލްޑިވިއަން އަށް މިއަދު ގެނައި އޭޓީއާރު ބޯޓަކީ އެތެރޭގެ އުދުހުންތަކުގައި ކުރު ދަތުރުތައް ކުރުމަށް ބޭނުންކުރާނެ، ތަނަވަސް ކެބިން އަކާއި ޒަމާނީ ނެވިގޭޝަން ސިސްޓަމްތަކާ އެކު ތިމާވެއްޓާ ރައްޓެހި ބޯޓެކެވެ.





More from One Online