ވަގަށް ރާއްޖެއިން ބޭރުކުރަން އުޅުނު 3 ލައްކައަށް ވުރެ ގިނަ ޑޮލަރު އަތުލައިގެންފި

Tue, 22 Oct 2024 07:16 PM

View on this article on NewsLab

ވަގަށް ރާއްޖެއިން ބޭރުކުރަން އުޅުނު 3 ލައްކައަށް ވުރެ ގިނަ ޑޮލަރު އަތުލައިގެންފި

ރާއްޖެއިން ވަގަށް ބޭރު ކުރަން އުޅުނު ޖުމުލަ 3 ލައްކައަށްވުރެ ގިނަ ޑޮލަރު އަތުލައިގެންފައިވާކަމުގައި މޯލްޑިވްސް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.



ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، ރާއްޖެ އެތެރެ ކުރާ އަދި ރާއްޖެއިން ބޭރު ކުރާ ނަގުދު ފައިސާ ރިޕޯޓް ކުރުމުގެ ގަވާއިދާ ޚިލާފަށް ރާއްޖެއިން ޑޮލަރު ބޭރުކުރަން އުޅުނު ފަސްމީހެއްގެ އަތުން ޑޮލަރުތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ނެގިފައިވާކަމަށެވެ.

އެގޮތުން މި މައްސަލަތަކުގައި މުޅިންވެސް ހިމެނެނީ ބިދޭސީންކަން ފާހަގަކުރައްވައި ދިޔާނާ ވިދާޅުވީ، އެއީ ބަންގްލަދޭޝް ތިން މީހަކާއި، އިންޑިއާ މީހެއްގެ އިތުރުން، ލަންކާމީހެއްކަމަށެވެ.

އެގޮތުން އެ މީހުންގެ އަތުން އަތުލައިގެން ޖުމުލަ  320،171 ޑޮލަރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ނަގައި އެ ފަސްމީހުންވެސް ޖޫރިމަނާ ކޮށްފައިވާ ކަމުގައިވެސް ދިޔާނާ ވިދަޅުވިއެވެ.

ރާއްޖެއިން ޑޮލަރު ވަގަށް ބޭރުކުރަން އުޅުނު މައްސަލައެއްގައި ދާދި ފަހުން ބަންގްލަދޭޝް މީހެއްވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ދަބަހުގައި ސީރިއަލް ހުސްކުރި ފޮށްޓެއްގައި ފޮރުވައިގެން 81،000ށް ވުރެ ގިނަ ޑޮލަރާއެކު ފުރަސްގޮސް އެއަރޕޯޓްގައި ހުއްޓައެވެ. އެނާއަކީވެސް ބަނގްލަދޭޝަށް ނިސްބަތްވާ މީހެކެވެ.



More from NewsLab