ބިދޭސީންނާއި ގުޅުންހުރި ފީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1 ބިލިއަން ރުފިޔާ ހޯދައިފި

Tue, 22 Oct 2024 09:08 PM

View on this article on NewsLab

ބިދޭސީންނާއި ގުޅުންހުރި ފީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1 ބިލިއަން ރުފިޔާ ހޯދައިފި

ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ޖޫރިމާނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.



މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީ އާއި ޖޫރިމާނާ އަށް ދައުލަތަށް ނުދައްކާ ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ މިހާތަނަށް ދައުލަތަށް ހޯދާފައިވާ ކަމަށެވެ.

އެހެންނަމަވެސް އަދިވެސް 730 މިލިއަން ރުފިޔާ ނުލިބިވާކަމަށް އިހުސާން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން ވަނީ ބިދޭސީންނާއި ގުޅުންހުރި ފީ އާއި ޖޫރިމަނާ ނުދައްކާ 1026 ކުންފުންޏެއްގެ ނަން ދާދި ފަހުން އާންމުކޮށްފައެވެ. އޭގެ ތެރެއިން 123 ކުންފުންޏަކުން އެއްމިލިއަނަށް ވުރެއް ގިނަ ފައިސާ ދައުލަތަށް ދައްކަން ޖެހިފައިވާއިރު، ބައެއް ކުންފުނިތަކުން 26 މިލިއަނަށް ވުރެއް ގިނަ ފައިސާ ދައްކަން ހުއްޓެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައ މިލިސްޓު އާއްމުކުރުމުން 20ށް ވުރެ ގިނަ ކުންފުންޏަކުން ވަނީ ފައިސާ ދައްކާފައެވެ.



More from NewsLab