ޑެބްޓް މެނޭޖަރެއް ހޯދަނީ ސަރުކާރުގައި އެކަމުގެ ޤާބިލުކަން ހުރި މީހަކު ނެތުމުން: ފައްޔާޒު

Tue, 22 Oct 2024 10:48 PM

View on this article on NewsLab

ޑެބްޓް މެނޭޖަރެއް ހޯދަނީ ސަރުކާރުގައި އެކަމުގެ ޤާބިލުކަން ހުރި މީހަކު ނެތުމުން: ފައްޔާޒު

ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ބޭރުގެ ފާމަކުން ޑެބްޓް މެނޭޖަރެއް ހޯދަނީ ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގައި އެކަމުގެ ޤާބިލުކަން ހުރި މީހަކު ނެތުމުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.



ފައްޔާޒު ވިދާޅުވީ ޑެބްޓް މެނޭޖަރެއް ހޯދަނީ އައިއެމްއެފް ގެ ޕްރޮގްރާމަކަށް ދާއިރު ދޭދޭ ޤައުމުތަކުގެ މެދުގައި ނަގާފައި ހުންނަ ޑެބްޓްތަކަށް ލުއިކަމެއް ހޯދަން ކަމަށެވެ.

“އަޅުގަނޑުމެންގެ ފޮރިން ސާވިސްގައި އަޅުގަނޑުމެންގެ ފޮރިން މިނިސްޓްރީގައި އަޅުގަނޑުމެންގެ އިކޮނޮމިކް މިނިސްޓްރީގައި އޭގެ އެއްވެސް ޤާބިލުކަމެއް ނެތީމަ ނޫންތޯ މިކަމެއް މިކުރަން ޖެހެނީ” ފައްޔާޒު .

އެގޮތުން، އަގު ބޮޑުކޮށް ބައިވަރު ފައިސާ ޚަރަދުކޮށްގެން އެމެރިކާގެ ޑެބްޓް މެނޭޖްމެންޓް ފާމެއް ނަގަން ޖެހުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވެފައި ވެއެވެ.

ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ފޮރިން މިނިސްޓްރީ އާއި ސަރުކާރު މެދުވެރިކޮށް ޑެބްޓްތަކަށް ލުއިކަމެއް ހޯދުންކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ބޮޑު އަގެއް ދީފައި އަނެއްކާވެސް ބޭރުގެ ބައެއް ހޯދާފައިވަނީ އެޤާބިލުކަން ނެތުމުން ކަމުގައި ފަައްޔާޒު ވިދާޅުވިއެވެ.

“ޙަޤީގަތަކީ ދެދޭ ޤައުމުތަކުގެ ދޭތެރޭގައި އަޅުގަނޑުމެންގެ ޓީމުތަކުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އަޅުގަނޑުމެންގެ ސަރުކާރު މެދުވެރިކޮށް، އެޤައުމުތަކުގެ ސަރުކާރު މެދުވެރިކޮށް އެޑެބްޓްއަށް ލުއިކަމެއް ހޯދަން ޖެހޭނެ ކަމަށާއި އެގާބިލުކަން ނެތުނީމާ ބޮޑު އަގެއް ދީފައި އަނެއްކާވެސް ބޭރުގެ ބައެއް ހޯދީ” ފައްޔާޒު

މީގެއިތުރުން ޑެބްޓް މެނޭޖަރު މިކަމުގައި ހައްލެއް ހޯދަން ދާނީ ޗައިނާ ސަރުކާރާއި ޗައިނާއިން ލޯނުތައް ނަގާފައި ހުރި ބޭންކުތަކަށް ކަމަށާއި، އިންޑިއާ ސަރުކާރާއި އިންޑިއާ ސަރުކާރުން ލޯނު ނަގާފައިވާ ބޭންކުތަކުން ކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ، އައިއެމްއެފް ޕްރޮގްރާމަށް ދާއިރު އާއްމުކޮށް ހުރިހާ އެންމެންވެސް އެއްގަލަކަށް އަރަންޖެހޭނެ ކަމަށެވެ. އަދި އެމީހުންވެސް އަމަލުކުރާނީ ހަމައެއްގޮތަކަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ ދައުލަތުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ދަރަންޏާއި ބެހޭ އެޑްވައިޒަރުގެ އެއްބަސްވުން އުވާލުމަށް ނިންމާފައެވެ.



More from NewsLab