ޑެބްޓް އެޑްވައިޒަރުގެ އެއްބަސްވުން އުވާލުމަކީ ބުއްދިވެރި ފިޔަވަޅެއް: ނަޝީދު

Tue, 22 Oct 2024 10:49 PM

View on this article on NewsLab

ޑެބްޓް އެޑްވައިޒަރުގެ އެއްބަސްވުން އުވާލުމަކީ ބުއްދިވެރި ފިޔަވަޅެއް: ނަޝީދު

ރާއްޖޭގެ ދަރަނީގެ މައްސަލަތަކާ ގުޅޭ ގޮތުން ލަފާ ދިނުމަށް އެމެރިކާގެ ސެންޓަވިއުއާ އެކު ހެދި އެއްބަސްވުން އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.



ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ދަރަންޔާއި ގުޅޭގޮތުން ލަފާދިނުމަށް ބޮޑު ޚަރަދުގައި ކަނޑައެޅި ޑެބްޓް އެޑްވައިޒަރުގެ އެއްބަސްވުން އުވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޑެބްޓް އެޑްވައިޒަރުން ރާއްޖެފަދަ ޤައުމުތަކުގެ ނާޖާއިޒު ފައިދާ އިންތިހާއަށް ނަގާނެ ކަމަށެވެ.

“އެފަދަ އެޑްވައިޒަރުން އަޅުގަނޑުމެންގެ ޤައުމުތަކުން ނަގަމުން ދަނީ އިންތިހާ އަށް ނާޖާއިޒު ފައިދާ” ނަޝީދު

މައުލޫމާތު ލިބިފައިވާ ގޮތުގައި މިސަރުކާރުން ޑެބްޓް އެޑްވައިޒަރެއް ނެގުމަށް ހެދި އެއްބަސްވުން އުވާލީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 2 ބިލިއަން ޑޮލަރުގައެވެ. މީގެތެރެއިން ދަރަނީގެ ބޮޑު ބަޔަކީ ޗައިނާ އާއި އިންޑިއާއަށް ދައްކަން ޖެހޭ ލޯނުތަކެވެ.



More from NewsLab