ދިވެހި ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޒުވާނުންނަށް ރައީސް އަރިސްކޮށްފި

Tue, 22 Oct 2024 06:23 PM

View on this article on NewsLab

ދިވެހި ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޒުވާނުންނަށް ރައީސް އަރިސްކޮށްފި

ދިވެހި ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޒުވާނުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިސްކޮށްފިއެވެ.



ޒުވާނުންގެ ދުވަހުގެ މުނާސަބުގައި އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޒަމާނުގެ އައު ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރުކުރުމަށް ގޮވާލައްވާފައެވެ.

އަދި ޤައުމާއި މުޖުތަމައާއި އާއިލާއަށް ވަފާތެރި، ދުޅަހެޔޮ، ހުލްގުހެޔޮ، ދީންވެރި ބައެއްގެ ގޮތުގައި ޒުވާނުން ކުރިއަށް ދިއުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

“ޤައުމާއި މުޖުތަމައާއި އާއިލާއަށް ވަފާތެރި، ދުޅަހެޔޮ، ހުލްގުހެޔޮ، ދީންވެރި ބައެއްގެ ގޮތުގައެވެ،” ރައީސް

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 22 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ޒުވާނުންގެ ދުވަހަކީ ޤައުމު ބިނާކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.



More from NewsLab