މަންމައަށް ވަޅިން ބިރުދައްކައި އަނިޔާކުރި ޒުވާނަކު ހައްޔަރުކޮށްފި

Tue, 22 Oct 2024 04:27 PM

View on this article on NewsLab

މަންމައަށް ވަޅިން ބިރުދައްކައި އަނިޔާކުރި ޒުވާނަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި މަންމައަށް ވަޅިއަކުން ބިރުދައްކައި އަނިޔާކުރި މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ އިރުއޮއްސި 18:17 ހާއިރު، ހިޔާގެ 13 ނަންބަރު ޓަވަރުގެ އެޕާޓްމަންޓަކުން އަންހެނަކު ރޯއަޑު އިވިގެން ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެ އެޕާޓްމަންޓަށް ގޮސްޓަކިޖެހުމުން އަންހެނަކު ދޮރުހުޅުވައިފައިވާކަމަށެވެ.

އަދި އޭނާގެ ދަރިފުޅު އޭނާއަށް އަނިޔާކޮށް، ބިރުދައްކާ، ފޯނު ފޭރިގެން ގޮސްފައިވާކަމަށް އެ އަންހެން މިހާ ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ، އެ އަންހެން މީހާއަށް އަނިޔާތަކެއް ލިބިފައިވާކަމަށާއި ލިބުނު މީހާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، ރޭ ދޫކޮށްލާފައިވާކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، ހ. އެހަޑަ، އުމުރުން މުހައްމަދު އިސްމާއީލެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށާއި އެ މައްސަލަ ފުލުހުން މިހާރު ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.



More from NewsLab