މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ

Tue, 22 Oct 2024 02:39 PM

View on this article on NewsLab

މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުޤީޤުކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުުހުން ބުނެފައިވަނީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް މަރުގެ އިންޒާރުދިން މައްސަލައެއް ސިޓީއަކުން އިއްޔެ ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާ ކަމުގައިވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
ދާދިފަހުން ފަލަސްތީނުގެ މައްސަލަައިގައި ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ދޮށުގައި އަޑުގަދަކުރުމާއި ބައެއް ސަފީރުންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް އުނދަގޫ ކުރުމުގެ ތުހުމަތުގައި ޑރ ޝަޒްރާގެ އިތުރުން ޝާދިޔާ ހައްޔަރު ކުރި މައްސަލައިގައި މިނިސްޓަރ ޝަހީމާއި ޑރ ޝަޒްރާގެ ދެމެދުގައި އެކްސް ގައި ބަހުސްތަކެއް ކުރެވެމުން ދާކަން ފާހަގަކުރެވެއެވެ.
އަދި ދާދިފަހުން ޝަހިދުވީ ހަމާސްގެ ލީޑަރ ޔަހުޔާ ސިންވާރުގެ މައްޗަށް ކަށުނަމާދު ކުރުމަށް ހުއްދަ ކުރެއްވުމާއި ގުޅިގެން ވެސް އެމަނިކުފާނަށް ވަރަށް ގިނަ ބަހުގެ ހަމަލާތައް އަންނަމުން ދާކަން ފާހަގަކުރެވެއެވެ.





More from NewsLab