150 ބައިވެރިންނާއެކު ފަތުރުވެރިކަމާ ބެހޭ މަހާސިންތާ ފަށައިފި

Tue, 22 Oct 2024 02:02 PM

View on this article on NewsLab

150 ބައިވެރިންނާއެކު ފަތުރުވެރިކަމާ ބެހޭ މަހާސިންތާ ފަށައިފި

ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 މިއަދު ފަށައިފިއެވެ.



މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފަތުރުވެރި ކަމާ ބެހޭ މިނިސްޓްރީ ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ މި މަހާސިންތާ މިއަހަރު ކުރިއަށް ގެންދަނީ ކްރޮސް ރޯޑްސްގައެވެ.

އެގޮތުން ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން  150 ށް ވެރު ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދާ މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ މިނިސަޓަރު އިބްރާހިމް ފައިސަލްގެ އިތުރުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ އިބްރާހިމް އާއި އެމްއެމްޕީއާރްސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ލިވާބޯޑް އަދި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުންގެ އިތުރުން ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި ޓްރެވަލް މީޑިއާތައްވެސް މިއަހަރުގެ މަހާސިންތާގައި ބައިވެރިވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން ހާމަކުރި ގޮތުގައި މިފަދަ މަހާސިންތާއެއްގެ ބޭނުމަކީ،  ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އާ ޚިޔާލުތަކާއި ވިސްނުންތައް ދެނެގަތުންކަމަށެވެ.

އެގޮތުން މި މަހާސިންތާގެ ތެރެއިން ފަތުރުވެރިކަމަށް އާ ސެގްމަންޓްތައް ތައާރަފުކުރުމަށް މަޝްވަރާކުރަން އެޖެންޑާ ކުރެވިފައިވާއިރު، ޕެނަލް ޑިސްކަޝަންއަކާއި ގްރޫޕް ޑިސްކަޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.



More from NewsLab