ރޭސްކާރު އެކްސިޑެންޓް: ކާރު ދުއްވަން އިން ވިޝާމަށް ދައުވާކުރަން ފޮނުވައިފި

Tue, 22 Oct 2024 01:44 PM

View on this article on NewsLab

ރޭސްކާރު އެކްސިޑެންޓް: ކާރު ދުއްވަން އިން ވިޝާމަށް ދައުވާކުރަން ފޮނުވައިފި

މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ރޭސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް ދައުވާކުރުމަށް  ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.



މި މައްސަލައިގައި ހައްޔަރުކުރި ސ ހިތަދޫ ވައިލެޓްފަހި އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިއްދީޤަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ހޮނިހިރު ދުވަހު ފޮނުވައިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އެކްސިޑެންޓްވީ ސައިކަލު ދުއްވަން އިން ލ. އިސްދޫ، ބީޗްހައުސް އުމުރުން 23 އަހަރުގެ ހަސަން ސަމާހެވެ. އޭނާ ނިޔާވެފައިވަނީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

މި އެކްސިޑެންޓްގައި ސަމާހުގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ.

މީގެ އިތުރުން މި އެކްސިޑެންޓް ހިނގިއިރު ރޭސް ކާރު ދުއްވަން އިން ވިސާމްގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސް ނެތް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ވިސާމް ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ވިސާމް ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން އޭނާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

 



More from NewsLab