ހާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރަކު އެމެރިކާގެ ރައީސަށް ފުރައްސާރަކުރި މައްސަލައެއް

Mon, 22 Jul 2024 02:07 PM

View on this article on Muraasilu

ހާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރަކު އެމެރިކާގެ ރައީސަށް ފުރައްސާރަކުރި މައްސަލައެއް

ދިވެހި ރާއްޖޭގެ ހާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަޒްހާރު އަބްދުﷲ ސައީދު، އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ފުރައްސާރަކުރި މައްސަލައެއް ހޫނުވެއްޖެއެެވެ.



ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާދަ ނުކުރައްވާނެ ކަމަށް އިއުލާންކޮށް ސޯސަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓަކަށް އަޒުހާރު ވަނީ މަލާމާތުގެ ބަހުރުވައިން ރައްދު ދީފައެވެ. އަޒުހާރުގެ އަމަލުތަކާއި ގުޅިގެން އާއްމުންނާއި އަދި ހާރިޖީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. މި ގޮތުން ދުނިޔޭގެ ހާރިޖީ ގުޅުންތައް ބަދަހި ކުރަން ޖެހޭ ވުޒާރާއެއްގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ކޮށްގެން ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ހާއްސަކޮށް ގައުމުތަކުގެ ވެރިންނަށް ފުރައްސާރަ ކުރުން ބަލައި ނުގަނެވޭނެ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

މީގެ ކުރިންވެސް ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި 3 ބޭފުޅަކުވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމަތްކޮށް ބަދުބަސް ރައްދުކޮށްފައެވެ. މި 3 ބޭފުޅުންވެސް ތިއްބެވީ އެ މައްސަލާގައި ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ. ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒުހާރުވެސް މަގާމުން ސަސްޕެންޑުކުރަން ނުވަތަ ވަކިކުރަން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު ހާރިޖިއްޔާގެ ތަޖުރިބާ ހުރި ބޭފުޅުން ވިދާޅުވަނީ އެމެރިކާއާއި ގާތް ގުޅުމެއް ބާއްވަން ބޭނުން ނަމަ މިހާރުން މިހާރަށް އަޒުހާރަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ އަޒްހާރު އަބްދުﷲ ސައީދަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވަރަށް އަރިހުގައި ސިޔާސީ މަސައްކަތްކުރައްވާ ބޭފުޅެކެވެ.



More from Muraasilu