ސަރުކާރުން ބްލޮކު ކުރި ’ކިރާބެޓު‘ ސައިޓަށް ވަދެވޭ ގޮތް ހަދައިފި!

Wed, 10 Jul 2024 05:35 PM

View on this article on Muraasilu

ސަރުކާރުން ބްލޮކު ކުރި ’ކިރާބެޓު‘ ސައިޓަށް ވަދެވޭ ގޮތް ހަދައިފި!

ޖުވާގެ އެކި ކުޅިވަރުތަކާއި ބެޓު ކުރާ ސައިޓުތައް ބުލޮކް ކުރަމުންދާ ކަމަށްބުނެ އެންމެ ފުރަތަމަ ބުލޮކް ކުރި ކިރަބެޓު ސައިޓަށް ވަދެވޭ ގޮތް ހަދައިފިއެވެ.



ރާއްޖޭގައި އޮންލައިން ގޭމްބްލިން އާއި ބެޓު ކުރަން ބޭނުންކުރާ ސައިޓުތައް ބުލޮކްކޮށް ނުވަދެވޭނެ ގޮތް ހެދުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. މިގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވީ ހަތަރުވަރަކަށް ސައިޓު އެފަރާތަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ ސައިޓުތައް ބުލޮކްކޮށް ނުވަދެވޭ ގޮތް ހެދުމަށް ކޭމް (ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް) އަށް އަންގާފައިވާނެ ކަމަށެވެ. ކޭމް ގެ ސީއީއޯ އިލްޔަސް އަހުމަދުވެސް ވަނީ އެކަން ޔަގީންކޮށްދެއްވާފައެވެ.

މި ގޮތުން އެންމެ ފުރަތަމަ ފިޔަވަޅު އެޅީ ގިނަ އަދަދެއްގެ ދިވެހިން ބެޓުކުރާ މަޝްހޫރު ކިރަބެޓު ސައިޓަށެވެ. މި ސައިޓަށް ނުވަދެވޭގޮތަށް ރޭ ވަނީ ބުލޮކް ކޮށްފައެވެ.

ކިރަބޭޓު ސޯސަލް މިޑިއާ އެކައުންޓުގައި ބުނެފައިވަނީ ވެބްސައިޓުގެ ޓެކްނިކަލް މައްސަލައެއް ހައްލުކުރަމުންދާތީވެ، ވެބްސައިޓަށް ވަނުމުގައި މައްސަލަތަކެއް ދިމާވެދާނެ ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން 1 ގަޑިއިރު ތެރޭގައި ކިރަބެޓު އެޕްތަކާއި ވެބްސައިޓަށް އަލުން ވަދެވޭގޮތަށް ހަމަޖައްސާ އެކަން ކަސްޓަމަރުންނަށްވެސް ވަނީ އަންގާފައެވެ. ކިރަބެޓު ސޯސަލް މީޑިއާ އެކައުންޓުތަކަށް ވަދެވޭއިރު މިއަދުވެސް ވަނީ ބެޓިންއަށް ހުޅުވާލާފައިވާ ކަމަށް އިއުލާންކޮށްފައެވެ.



More from Muraasilu