ވޯޓުލުންކުރިއަށްދިޔަ ގޮތް ރަގަޅު އެކަމަކު ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރިކަމުހެ ތުހުމަތު އެބައޮތް – އީޔޫ

Tue, 12 Sep 2023 08:10 AM

View on this article on Mikal News

ވޯޓުލުންކުރިއަށްދިޔަ ގޮތް ރަގަޅު އެކަމަކު ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރިކަމުހެ ތުހުމަތު އެބައޮތް –  އީޔޫ

ވޯޓުލުމުގެ ކަންތައްތައް ރަގަޅަށް ދިޔަނަމަވެސް، ވެރިކަން ކުރާ ޕާޓީ އަށް ފައިދާވާ ގޮތަށް، ރިޔާސީ އިންތިހާބާ ދިމާކޮށް، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކެންޑިޑޭޓުން ކެމްޕޭނަށް ހަރަދު ކުރުމުގެ ކަންކަން ހިނގާނުހިނގާ ގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނުބެލޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން ހާމަކޮށްފިއެވެ.  އީޔޫގެ އޮބަޒާވަރުން މިކަން ހާމަކޮށްފައިވަނީ ރިއާސީ އިންތިޚާބުގެ ކަންތައްތައް ދިޔަ ގޮތް އޮބްޒާކުރުމަށްފަހު ވަގުތީ ރިޕޯޓު ހާމަކުރައްވައްވަމުންނެވެ.

ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު އިންތިހާބުގައި ވާދަކުރި 8 ކެންޑިޑޭޓުންނަށް ލިބިފައިވީ ނަމަވެސް، ދައުލަތުގެ ވަސީލަތްތައް ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓަށް ފައިދާވާ ގޮތަށް ބޭނުންކުރުމުގެ ތުހުމަތު ވަރަށް ބޮޑަށް ހުރި ކަން އީޔޫގެ އޮބްޒާވަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އީޔޫގެ އޮބްޒާވަރުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކެމްޕޭނަށް ހަރަދު ކުރުމުގެ ކަންކަން ހިނގާނުހިނގާ ގޮތް އީސީ އަށް ނުބެލުން ހިމެނެއެވެ. “ކެންޑިޑޭޓުންނަށް ލިބޭ ފައިސާ އާއި އަދި ކުރާ ހަރަދާ ބެހޭގޮތުން ދެފުށް ފެންނަ ގޮތަށް މައުލޫމާތެއް ނުހުރޭ،” އެ މައުލޫމާތުތައް އޮޑިޓު ކުރުމުގެ ޒިންމާ އީސީގެ މައްޗަށް އޮތަސް އެކަމު ގާބިލުކަން ވެސް ނެތް އީޔޫގެ އޮބްޒާވަރުން ހާމަކުރިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮބްޒާވް ކުރަން އީޔޫގެ ޓީމުގައި ހިމެނޭ 40 އަށް ވުރެ ގިނަ އޮފިޝަލުން ވަނީ މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފަ އެވެ.

The post ވޯޓުލުންކުރިއަށްދިޔަ ގޮތް ރަގަޅު އެކަމަކު ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރިކަމުހެ ތުހުމަތު އެބައޮތް – އީޔޫ appeared first on Mikal News.



More from Mikal News