ޑިމެންޝިއާ ބަލިތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ފުވައްމުލަކުގައި ބާއްވަނީ

Fri, 17 May 2024 03:27 PM

View on this article on Mikal News

ޑިމެންޝިއާ ބަލިތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ފުވައްމުލަކުގައި ބާއްވަނީ

ހަނދާންނެތުމާއި ގުޅިފައިވާ ބަލިތައްކަމަށްވާ ޑިމެންޝިއާގެ ބަލިތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ރޭވިފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މާދަމާ ފުވައްމުލަކު ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގައި ބާއްވާ މި ސެޝަނުގައި ރާއްޖޭގެ މަޝްހޫރު ބައެއް ޑޮކުޓަރުން ބައިވެރިވެވަޑައިގަންނަވައެވެ. މިސެޝަނުގައި މައުލޫމާތު ދިނުމުގެ އިތުރުން ޕެނަލް ޑިސްކަޝަންއަކާއި ކުރެހުމުގެ މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.



މިސެޝަނަކީ، އަލްޒެއިމާރސް ސޮސައިޓީ އޮފް ދަ މޯލްޑިސްއާއި ފުވައްމުލައް ސިޓީ ކައުންސިލް އަދި ފުވައްމުލައް ސިޓީގެ ބައެއް މުވައްސަސާތަކާއި ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ސެޝަނެކެވެ. މިސެޝަނުގައި ނަފުސާނީ ބަލިތަކުގެ ޑޮކްޓަރު އަސްމާއާއި އެތެރެހަށީގެ ޑޮކުޓަރުންކަމަށްވާ މުހައްމަދު އަލީ އާއި އަބުލް އަޒީޒު ޔޫސުފުގެ އިތުރުން ޑިމެންޝިއާ އެކްޕާޓުން ބައިވެރިވެވަޑައިގަންނަވައެވެ. ޑީމެންޝިއާ ނުވަތަ ހަނދާންނެތޭ ބައްޔަކީ ދޮށީ އުމުރު ގިނަ ބަޔަކު ތަހައްމަލް ކުރާ ބައްޔެކެވެ.

The post ޑިމެންޝިއާ ބަލިތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ފުވައްމުލަކުގައި ބާއްވަނީ appeared first on Mikal News.



More from Mikal News