ފުވައްމުލަކުން ފެށިގެން އައްޑުއަށް އޮރެންޖު އެލާޓް ނެރެފި

Sat, 18 May 2024 06:16 PM

View on this article on Mikal News

ފުވައްމުލަކުން ފެށިގެން އައްޑުއަށް އޮރެންޖު އެލާޓް ނެރެފި

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ފުވައްމުލަކުން ފެށިގެން އައްޑުއަށް އޮރެންޖް އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖް އެލާޓް ނެރެފައި ވަނީ މިރޭ 7:00 އާ ހަމައަށެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި އެ ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ އެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެއިދާރާއިން ބުންޏެވެ. އޮރެންޖް އެލާޓް ނެރުނުއިރު މިއަދު ހެނދުނުއްސުރެ ބ. އަތޮޅުން ފެށިގެން އައްޑޫއަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.



މެޓު އޮފީހުން މޫސުން ދަރަޖަކޮށްފައި ވަނީ ވައިޓް، ޔެލޯ، އޮރެންޖާއި ރެޑުގެ އިތުރުން ވިއްސާރަ އަލިވުމުން ގްރީން އެލާޓެވެ. އާންމުކޮށް މޫސުން ގޯސްވުމުން އެ އިދާރާއިން ނެރެނީ ޔެލޯ އެލާޓެވެ.

 

The post ފުވައްމުލަކުން ފެށިގެން އައްޑުއަށް އޮރެންޖު އެލާޓް ނެރެފި appeared first on Mikal News.



More from Mikal News