ބަންޑާރަ ކިޅި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

Sat, 18 May 2024 03:39 PM

View on this article on Mikal News

ބަންޑާރަ ކިޅި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ފުވައްމުލަކު މަޝްހޫރު ބަންޑާރަ ކިޅީގައި ހެދިފައިވާ ލޮޓަސް އާއި ކެނޭޑިއަން ވޯޓާ ވީޑްސް ނަަގާ ސާފުކުރުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކުގެ ބައެއް މުއައްސަސާތަކާއި އާންމުންއެކުވެގެން ކުރިއަށް އެބަގެންދެއެވެ. މީގެ ދެދުވަސްކުރިން ފެށިގެން ކުރިއަށް ގެންދާ މިހަރަކާތުގައި ގިނަ އަދަދެއްގެ ކެނޭޑިއަން ވޯޓަރ ވީޑްސް’ އަދި ‘ލޮޓަސް’ ނަގާ ސާފުކޮށްފައިވެއެވެ.
މިގަސްތައް ނަގާ ސާފުކުރަނީ އެގަސްތަކުގެ ސަބަބުން ބަންޑާރަ ކިޅީގެ އަސްލު ގެއްލޭތީކަމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ. އެގަސްތަކަކީ މީގެ ދެތިން ހަތަރު އަހަރަކާއި ހަމައަށް އެއްވެސް ވަރަކަށް އެތަނުން ފެނިފައިނުވާ ގަސްތަކެއް ކަމަށާއި އެކިޅީގެ ދިރުންތަކުގެ ތެރޭގައި ނުހިމެނޭ މިގަސްތައް އެތަނުގައި އާލާވެ ފެތުރުމުގެ ސަބަބުން ބަންޑާރަ ކިޅީގެ ގުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުތައް ކޮށް މަސްމަހާމެހީގެ އާބާދީ ދަށްވުމާއި ކިޅީގައި ހިމެނޭ ޖުމްލަ ފެނުގެ އިންސައްތަ ދަށަށް ދިއުމަކީ ކުރިމަތިވުން އަވަސް އަދި އޭގެ ނޭދެވޭ އަސަރު ބޮޑެތި ގެއްލުންތައް ލިބޭ ކަމެއްކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

The post ބަންޑާރަ ކިޅި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ appeared first on Mikal News.





More from Mikal News