ޑައިވިން މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީގެ ތައިލޭންޑްގައި ޕްރޮމޯޓް ކުރަނީ

Thu, 18 May 2023 04:53 PM

View on this article on Mikal News

ޑައިވިން މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީގެ ތައިލޭންޑްގައި ޕްރޮމޯޓް ކުރަނީ

ފަތުރުވެރިކަމުގެ ޑައިވިން މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީގެ ޕްރޮމޯޓް ކުރުމަށް ތައިލޭންޑްގެ ބޭންކޮކްގައި މިހާރު ކުރިޔަށްދާ ޑައިވިން އަށް ޚާއްސަ ފެއާއެއްގައި ފުވައްމުލައް ސިޓީއިން ބައިވެރިވަމުން އެބަގެންދެއެވެ.

ބެންކޮކް ޑައިވް ފެއާގައި ފުވައްމުލައް ސިޓީ ޕްރޮމޯޓް ކުރަނީ 2023 މެއި

މި މޭ މަހު 18 އިން ފެށިގެން 21 އަށް ކުރިޔަށްގެންދާ މި ފެއާގައި ފުވައްމުލަކުގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ސްޓޯލެއް ވަނި ހަދާފައެވެ. މި ފެއާގައި ބައިވެރިވަނީ ރަށުގެ ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތަކުގެ ބައިވެރިވުމާއެކު ސިޓީ ކައުންސިލުން އިސްނަގައިގެނެނެވެ. މިފަދަ ފެއާތަކުގައި ބަިއވެރިވެގެން ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުކޮށް ރަށުގެ ޑައިވިން ޕްރޮމޯޓް ކުރެވިގެން ދިއުމަކީ ރަށަށް އެއިގެ ނުހަިއ ފައިދާ ލިބިގެންދާނެކަމެކެވެ.

ބެންކޮކް ޑައިވް ފެއާގައި ފުވައްމުލައް ސިޓީ ޕްރޮމޯޓް ކުރަނީ 2023 މެއި

މި ފެއާގެ ފުވައްމުލައް ސްޓޯލްގައި ފުވައްމުލަކުގެ މަޝްހޫރު ޓައިގާ ޝާކްއާއި ކަނޑުއަޑީގެ މަންޒަރުތައް ދައްކުވައި ދީފައި ވެއެވެ. އަދި ރާސުގެ ޑައިވިޏ އާއި ފަތުރުވެރިކަމާއި ގުޅޭ ޕޯސްޓަރުތަކާއި ލީފްލެޓްތައް މި ސްޓޯލް އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބަހަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

މި ފެއާގައި ފުވައްމުލައް ސިޓީ ކައުންސިލްގެ 4 މީހަކާއި ފަތުރުވެރިކަމުގެ ދާއިރާގެ 5 މީހަކު ބައިވެރިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބެންކޮކް ޑައިވް ފެއާގައި ފުވައްމުލައް ސިޓީ ޕްރޮމޯޓް ކުރަނީ 2023 މެއި

The post ޑައިވިން މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީގެ ތައިލޭންޑްގައި ޕްރޮމޯޓް ކުރަނީ appeared first on Mikal News.


More from Mikal News