ރޯދަމަހު އިރުފުސްމާ ދަމު ފުވައްމުލައް ސިޓީ ކުޅިވަރު ދަނޑުތައް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފި

Thu, 23 Mar 2023 08:23 PM

View on this article on Mikal News

ރޯދަމަހު އިރުފުސްމާ ދަމު ފުވައްމުލައް ސިޓީ ކުޅިވަރު ދަނޑުތައް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފި

މި ރޯދަމަހު އިރުފުސްމާ ދަމު ފުވައްމުލައް ސިޓީ ކުޅިވަރު ދަނޑުތައް ބޭނުން ނުކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އާއްމު އިއުލާނުގައި ވާގޮތުން މި ރޯދަމަހު ފުވައްމުލައް ސިޓީގެ ކުޅިވަރު ދަނޑުތައް ބޭނުން ކުރަންވާނީ ކަނޑައެޅޭ ޝެޑިއުލާއި އެއްގޮތަށް ކަމަށެވެ. އެގޮތުން ރޯދަމަހު ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:00 އިން 12:00 އަށެވެ. ދަޑުތައް ބޭނުންކުރަން އެދޭ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ. އެގޮތުން ހުށަހެޅުމުން އެކައުސިލުން ދަނޑުތައް ދުކުރާނެ ގޮތުގެ ތާވަލެއް ނުވަތަ ޝެޑިއުލެއް ނެރެ، އެއާއި އެއްގޮތަށް އަމަލުކުރުމަށް އެދިފައި ވެއެވެ.

ފުވައްމުލައް ސިޓީ ކުޅިވަރު ދަނޑުތައް ބޭނުންކުރަން އެދޭ ފޯމް

ފުވައްމުލައް ސިޓީ ކުޅިވަރު ދަނޑުތައް ބޭނުން ކުރުން

ފުވައްމުލައް ސިޓީގެ މާދަޑު އަވަށް ފިޔަވައި ކޮންމެ އަވަށެއްގައި ހެން ފުޓްސަލް ދަނޑެއް ހަދާފައި ވެއެވެ. އެކި އަވަށްތަކުގައި އެދަނޑުތައް އޮތް ނަމަވެސް އެތަންތަނުގެ ބެލެނިވެރި ފަރާތަކީ ސިޓީ ކައުންސިލެވެ. ކުޅިވަރު ދަނޑުތަކުގެ އިތުރުން ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގެ ކުޅިވަރު ބިންތަކާއި ހޯލުތަކުގެ އިތުރަށް ދޫނޑިގަމު އަވަށުގައި ހަދާފައިވާ ޓީޓީ ހޯލަކީ ވެސް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅިވަރު ކުޅޭ ތަންތަނެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ހާމަކޮށްފައި ވަނީ ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަމަށާއި، މިމަހުގައި ގިނަ ގިނައިން އަޅުކަމުގައި ވަގުތު ހޭދަކޮށް އިސްލާމީ ރިވެތި އާދަކާދަ އާއި އުސޫލްތައް އާލާކުރުމަށް މަސައްކަތްކުރުން މަތީ ދެމިތިބުމަށް އިލްތިމާސް ކުރާކަމަށެވެ.

The post ރޯދަމަހު އިރުފުސްމާ ދަމު ފުވައްމުލައް ސިޓީ ކުޅިވަރު ދަނޑުތައް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފި appeared first on Mikal News.


More from Mikal News