ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ފުވައްމުލައް ތޫނޑުގައި ޚާއްސަ ހަރަކާތެއް އިއްޔެ ބާއްވައިފިއެވެ. މިހަރަކާތުގައި ފުވައްމުލައް ސިޓީ މޭޔަރުއާއި އުރީދުގެ ބައެއް އިސް ފަރާތްތަކުން ބައިވެރިވިއެވެ.
އުރީދޫއިން ބޭއްވި ހަރަކާތުގައި މިރަމަޟާން މަހު އުރީދޫ އިން ކަސްޓަމަރުންނަށް ދޭނެ ހަދިޔާތަކުގެ މައުލޫމާތު ދީފައި ވެއެވެ. މީގެ އިތުރުން މި ރަމަޟާން މަހަށް ހާއްސަ ކޮށްގެން އުރީދޫ މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ ކުރު ފިލްމުވަނީ އިފްތިތާހު ކޮށްފައިވެއެވެ.

އުރީދޫއިން ފުވައްމުލަކު ތުނޑީގައި އިއްޔެ ބޭއްވި ހަރަޚާތް 2023
އުރީދޫއިން ތައްޔާރުކުރި މިފިލްމުގައި ދައްކުވައި ދެނީ ފުވައްމުލަކުގެ ރީތި ކަމާއި ރަށުގެ ސަގާފަތުގެ ބައެއް ކަންކަމެވެ.
އުރީދޫގެ މިކުރު ފިލްމު މިހާރު އުރީދޫ ފެސްބުކް ޕޭޖުން ބަލާލެވެއެވެ.
މީ މަގޭ ހިތާއި ރޫހަށް ލިބިފަވާ ހަދިޔާ އެކޭ ވިސްނެންފެށީ

އުރީދޫ އިން ހެދި ކުރު ފިލްމު 2023
މި ފިލްމުގައި ދައްކައިދެނީ ފުވައްމުލަކުގެ ޒުވާން ކުއްޖަކު ކިޔަވާ ނިންމުމަށްފަހު މާލެދާން ބޭނުންވެގެން އުޅެނިކޮށް، މާލޭގައި އުޅޭ އައިލާގެ ބަޔަކު ފުވައްމުލަކަށް އައިސް އެކުގައި އުޅެންދިމާވެ، ފުވައްމުލަކުގެ ރީތިކަމާއި ސަގާފަތުގައި ހިމެނޭ ކަންކަމުގެ ސަބަބުން މާލެ ދިއުމުގެ ވިސްނުން ބަދަލުވެ އަލުން ފުވައްމުލަކުގައި ހުންނަން ބޭނުންވާ ކަމެވެ. މިކުރު ފިލްމުގައި ފުވައްމުލަކުގެ ތުނޑީގައި މާހެން ބޭއްވުމައި، ކިޅީގައި ޕެޑެލް ބޯޓު ދުއްވުމާއި،ކޮޑަކިޅިގަިއ މަޑްބާތު ހެދުމާއި، ކައްޓެޅި ބޭނުންގެ އިތުރުން ޑައިވީނަށް ދިއުމާއި ކަނޑުއަޑިގެ މަންޒަރުތައް ދައްކައެވެ.
The post ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫއިން ފުވައްމުލައް ތޫނޑުގައި ޚާއްސަ ހަރަކާތެއް ބާއްވައިފި appeared first on Mikal News.