ޝަހީބު މީޑިއާ އާއި ގުޅިގެން ހިންގި ނޫސްވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރީ 26 ބައިވެރިން

Thu, 16 Mar 2023 04:35 PM

View on this article on Mikal News

ޝަހީބު މީޑިއާ އާއި ގުޅިގެން ހިންގި ނޫސްވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރީ 26 ބައިވެރިން

ފުވައްމުލައް ސިޓީ ކައުންސިލާއި ޝަހީބު މީޑިއާ ގުޅިގެން ހިންގި ނޫސްވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް 26 ބައިވެރިން ފުރިހަމަކޮށްފިއެވެ. މިއީ ބޭސިކް ޖާނަލިޒަމް ޓްރެއިނިން ޕްރޮގްރާމެކެވެ.

މި މާރިޗު (2023) މަހު 9 އިން 13 އަށް ފުވައްމުލައް ސިޓީ ކުރުނދުމާ މާލަމުގައި ކުރިޔަށް ދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައި ދެއްވާފައި ވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާ ކާރު ބޭފުޅުން ކަމަށްވާ މުހައްމަދު ޝަހީބު އާއި ހުސޭން ފިޔާޒު މޫސާ އެވެ. ޝަހީބުއަކީ މީހަރުވެސް ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވާ، ‘އަދިވެސް’ އޮންލައިން ނޫހުގެ ސީއީއޯ، އެޑިޓަރު އަދި ޝަހީބު މީޑިއާގެ ރައީސް ވެސް މެއެވެ. މީގެ އިތުރުން ހުސޭން ފިޔާޒު މުސާ އަކީ އަދަދު ނޫހުގެ ފައުންޑަ އެވެ. ފިޔާޒު ވަނީ ކުރިން އިންފޮމޭޝަން ކަމިޝަނަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

ފުވައްމުލައް ސިޓީަގއި ކުރިޔަށް ގެންދިޔަ ނޫސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ނިންމުން 2023

މިކޯހުގެ ކިޔެވުން ކިޔެވުން ކުރިޔަށްގެންގޮސްފައި ވަނީ ދެ ސެޝަނަކަށް ބަހާލައިގެން، ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 7:00އިން 9:00އަށެވެ.

މިއީ ފުވައްމުލަކުގެ ޒުވާނުންނަށް އެކި ދާއިރާތަކުން ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ކުރިޔަށްގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަ މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ. މި ކުރު ކޯހުގައި ކިޔަވައިދީފައިވާ ބައިތަކަަކީ، ޚަބަރު ލިޔުން، ފީޗާ ލިޔުމާއި، އިންޓަވިއު ކުރުމެވެ.

މިކޯސް ފުވައްމުލަކު ހޮސްޕިޓަލުގެ 5 ބައިވެރިއަކު ފުރިހަމަކޮށްފައިވާ ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.

 

ފުވައްމުލައް ސިޓީަގއި ކުރިޔަށް ގެންދިޔަ ނޫސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ބައެއް ބައިވެރިން 2023

ނޫސްވެރިން ތަމްރީނުކުރުމުގެ މިހަރަކާތަކީ ނޫސްވެރިކަމުގެ ދާއިރާއިގައި ހުރި ފުރުސަތުތައް ޒުވާނުންނަށް ފާހަގަކޮށްދިނުމުގެ ގޮތުން ހިންގި ހަރަކާތެކެވެ. އެގޮތުން ޒަމާނާއެކު ނޫސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ބަދަލުތަކާއި، ޚަބަރު ލިޔުމުގެ އިތުރުން ނޫސްވެރިކަމުގެ ތެރޭގައި ހިމެނޭ ކޮންޓެންޓް ހެދުމާއި، ނިއުސް ރޫމެއް މެނޭޖުކުރާނޭ ގޮތުގެ އަސާސީ ކަންތައްތައް މިކޯހުގައި ކިޔަވައިދީފައި ވާނެކަމަށް އިންފޮމޭޝަން އޮފިސަ މައުލޫމާތު ދެއްވިއެވެ.

މިއީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގުނު ކޯހެއްކަމަށް މީޑިއާ އޮފިސަ އަލީފު ހާމަކުރެއްވިއެވެ.

ފުވައްމުލައް ސިޓީަގއި ކުރިޔަށް ގެންދިޔަ ނޫސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ނިންމުން 2023ނޫސްވެރިކަމުގެ ދާއިރާއަކީ ރަށުގައި ތިބެގެން ފުލްޓައިމްކޮށް އަދި ޕާޓްޓައިމްކޮށް ވެސް އަދާކުރެވިދާނެ ވަޒީފާއެކެވެ. ނުވަތަ އާމްދަނީ ހޯދުމަށް ކުރެވިދާނެ މަސައްކަތެކެވެ. ވަކި އިދާރާއެއްގައި ނޫސްވެރިއެއްގެ ގޮތުގައި ނޫޅުނަސް ފްރީލާންސް ނޫސްވެރިއެއްގެ ގޮތުގައިވެސް އެކިނޫސްތަކުގައި މަސައްކަތް ކުރެވިދާނެއެވެ. އަދި ނޫސްތަކަށް ތަފާތު ލިޔުން ފޮނުވިދާނެއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ފުވައްމުލަކުގެ ޒުވާނުންނަށް މިކަލް ނޫހުން ފުރުސަތު މިވަނީ ހުޅުވާލާފައެވެ. އެގޮތުން މިކަލް ނޫހުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން މިކަލް ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ނުވަތަ އީމެއިލް (އިންފޮ އެޓް މިކަލްނިއުސް ޑޮޓް ކޮމް) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެއްވުމުން އިތުރު ތަފުސީލުތައް ލިބިގެންދާނެއެވެ.

The post ޝަހީބު މީޑިއާ އާއި ގުޅިގެން ހިންގި ނޫސްވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރީ 26 ބައިވެރިން appeared first on Mikal News.


More from Mikal News

...