މަޝްހޫރު "ވިޗާއީ" މެރިން އިންޖީނާއި ޖެނެރޭޓަރު ލިއޯ ޓްރޭޑިންގައި

Tue, 22 Oct 2024 12:03 PM

View on this article on Mihaaru

މަޝްހޫރު "ވިޗާއީ" މެރިން އިންޖީނާއި ޖެނެރޭޓަރު ލިއޯ ޓްރޭޑިންގައި

ރާއްޖެ އަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގައުމަކަށް ވާއިރު ވަށައިގެން އޮންނަނީ ކަނޑެވެ. ކެއުން ބުއިމަށާއި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމަށް މަސައްކަތް ކުރުމަށާއި އެކި ބޭނުންތަކަށް ކުރަންޖެހޭ ދަތުރުފަތުރުތަކުގެ ބޮޑު ބައެއް އޮންނަނީ ކަނޑާ ގުޅިފަ އެވެ.

ކަނޑުދަތުރުފަތުރަކީ އެކި ބޭނުންތަކަށް ޒަރޫރީ ކަމަކަށް ވެފައި އޮންނަ އިރު, ކަނޑުދަތުރުފަތުރުކުރުމަށް ބަންނަ އުޅަނދުތައް ކަނޑުތަކުގައި ދުއްވަން ބޭނުންކުރާ އިންޖީނަކީ ބަރޯސާވެވޭ ވަރުގެ އެއްޗަކަށް ވާންޖެހެ އެވެ. އަދި އެއީ ބާރު ސްޕީޑުގައި ދުވާ, ދިވެހި ކަނޑުތަކާ ގުޅޭ, ތެޔޮ އިގުތިސޯދު ކުރެވޭނެ އެއްޗަކަށް ވާން ޖެހެ އެވެ. އަދި އެ އިންޖީނަކީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ, ދިމާވާ ކުއްލި މައްސަލައަކަށް ފަސޭހަ ހައްލެއް ހޯދޭނެވަރުގެ އެއްޗަކަށް ވާން ޖެހެ އެވެ.

މި ހުރިހާ ކަމެއް ފުރިހަމަވާ އެއް އިންޖީނަކީ ދުނިޔޭގެ އެންމެ ބޮޑު އިންޖީން މެނުފެކްޗަރާގެ "ވިޗާއީ" އިންޖީނެވެ. މި އިންޖީނަކީ ރާއްޖޭގައި ލިއޯ ޓްރޭޑިން އިން ވިއްކަމުން އަންނަ އިންޖީނެކެވެ.

ލިއޯ ސްޓޯރުގައި ހުރި ވިޗާއީ އިންޖީނެއް. މި ތަނުން ވަގުތުން އިންޖީނު ގަންނަން ލިބޭނެ. އަދި ފައިނޭންސިން ސްކީމުތައް މެދުވެރިކޮށް އިންޖީނު ގަނެވޭނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލޮޖިސްޓިކްސް ކުންފުންޏެއްގެ ގޮތުގައި ބޮޑެތި ހެވީ ވެހިކަލްތައް އޮޕަރޭޓުކުރާ ލިއޯ ޓްރޭޑިން އިން ވިއްކާ "ވިޗާއީ" އިންޖީނު ގަތުމަށް އެތައް މަހެއް އިންތިޒާރުގައި ހޭދަކުރާކަށް ނުޖެހޭނެ އެވެ. ހުޅުމާލޭގައި ހުންނަ ލިއޯ ޓްރޭޑިންގެ ޝޯރޫމް، "ލިއޯ ސްޓޯރުން" ވަގުތުން ގަނެވޭ ގޮތަށް އިންޖީނު ހުރެ އެވެ. މިއީ ރާއްޖޭގައި ވަގުތުން ލިބޭ ގޮތަށް އިންޖީނު ވިންކަން ހުންނަ ހަމައެކަނި ޝޯރޫމެވެ.

ދާދި ފަހުން ލިއޯ ޓްރޭޑިން އިން ހިދުމަތް ހޯދި ޓްރެވަލް ޓްރޭޑާސް މޯލްޑިވްސްގެ އިސްމާއިލް ނަސީރު ވެސް ފާހަގަކުރި ކަމަކީ މިއީ އެވެ. ވަގުތުން މި ތަނުން އިންޖީނު ލިބެން ހުރުމެވެ.

އިސްމާއިލް ނަސީރު ލިއޯ ޓްރޭޑިން އަށް ގުޅީ އޭނާގެ ސަފާރީގެ ގިޔަރު ފޮށި ހަލާކުވެގެންނެވެ. އޭނާ ކިޔައިދިން ގޮތުގައި ގިޔަރު ފޮށި ހުރިތޯ ބަލަން އެ ތަނުގެ އެމްޑީއާ އޮތް ގާތްކަމެއްގައި ގުޅުމުން އަބަދު އެކަހަލަ ކުދިކުދި މައްސަލަތައް ނުޖެހޭނެ ވަރުގަދަ އިންޖީނަކަށް ބަދަލުކުރުމުގެ ހިޔާލުދިން ކަމަށެވެ. ލިއޯއިން "ވިޗާއީ" އިންޖީނު ވިއްކާކަމާއި ފަސް ދުވަހުގެ ތެރޭގައި އެ އިންޖީނު އެޅުވޭނެ ވާހަކަ ބުނީ އެ ފޯނުކޯލުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ލިއޯ ޓްރޭޑިންގައި ހުރި ވިޗާއީ އިންޖީނު. ވިޗާއީ އަކީ ދުނިޔޭގެ އެންމެ ބޮޑު އިންޖީނު މެނުފެކްޗަރާ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަހަންނަށް އެ ވާހަކަ ގަބޫލެއް ނުކުރެވުނު. އާއްމުކޮށް ތިން މަހެއްހާ ދުވަސް ނަގާނެ އިންޖީނެއް ގެންނަން. އަނެއްކާ އެ އެޅުވުމުގެ މަސައްކަތުގައި ވެސް އެތައް ދުވަހެއް ނަގާނެ. އެކަމަކު ލިއޯއިން އެކަން ކޮށް ނިންމާލަ ދީފި ހަމަ ވައުދުވި ގޮތަށް, 5 ދުވަސް ތެރޭގަ. މިއީ މީގެ ކުރިން ވާނެކަމަކަށް ގަބޫލު ވެސް ކުރެވުނު ކަމެއް ނޫން." އޭނާ ބުންޏެވެ.

ބޯޓެއްގައި އިންޖީނެއް އިންސްޓޯލް ކުރަނީ. މި ތަނުން ގަންނަ އިންޖީނު އަޅާ ދިނުމުގެ ހިދުމަތާއި މެއިންޓަނަންސްގެ ހިދުމަތް ވެސް ދޭ.

ލިއޯގެ ޝޯރޫމުގައި ވަގުތުން ގަންނަން ލިބޭ ގޮތަށް 34 ހޯސްޕަވަރުން ފެށިގެން 650 ހޯސްޕަވަރާ ދެމެދުގެ ނުވަ ސައިޒެއްގެ އިންޖީނު ހުރެ އެވެ. އަދި "ވިޗާއީ" އިންޖީނަކީ މާކެޓުގައި މި ވަގުތު ލިބެން ހުރި އިންޖީނުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް 50 ޕަސެންޓާއި 60 ޕަސެންޓާއި ދެމެދުގެ އަގުހެޔޮ އިންޖީނެކެވެ. އަދި މިއީ 30 ޕަސެންޓު ތެލުގެ އަގު ވެސް ހެޔޮ އިންޖީނެކެވެ.

ލިއޯ ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދު "ވިޗާއީ" އިންޖީނު ސިފަކުރައްވަނީ ރާއްޖެއިން ލިބެން ހުރި އެންމެ ރަނގަޅު އިންޖީނުގެ ގޮތުގަ އެވެ. އަދި މި އިންޖީނަކީ ދިގު މުއްދަތެއް ވަންދެން ގެންގުޅެވޭނެ, ތެލުގެ ހަރަދު ގާތްގަނޑަކަށް 30 ޕަސެންޓަށް ކުޑަ ކޮށްދޭނެ އިންޖީނެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ލިއޯ ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދު "ވިޗާއީ" އިންޖީނާ ގުޅޭ މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ވިޗާއީ އިންޖީނު އަޅުގަނޑުމެން ވިއްކަން ފެށުމުގެ ކުރިން އަޅުގަނޑު އަމިއްލައަށް މި އިންޖީނު ތަޖުރިބާ ކުރިން. އަދި މި އިންޖީނު ވިއްކުމާ އަޅުގަނޑުމެން ހަވާލުވީ ވެސް އެތައް ދިރާސާއަކަށް ފަހު, ރާއްޖެއަށް އެންމެ ރަނގަޅު އިންޖީނަކީ މި އިންޖީނުކަން ގަބޫލުކުރެވޭތީ. ވިޗާއީ އަކީ ކުރިއަށް އޮތްތަނުގައި ނަމްބަރ ވަން އިންޖީނު." ސަވާދު ވިދާޅުވި އެވެ.

ސަވާދު ވިދާޅުވީ މި އިންޖީނު ނުގަންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ސަވާދު ވިދާޅުވީ ވިޗާއީ އިންޖީނަކީ ރާއްޖޭގެ ނަމްބާ 1 އިންޖީނަށް ހައްދަވާނެ ކަމަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަގުގެ ގޮތުން ބެލިޔަސް, ހަރަދުތަކަށް ބެލިޔަސް, އެންމެ ރަނގަޅީ މި އިންޖީނު. އަދި އިންޖީނުގެ ސްޕެއާ އާއި އިންޖީނު އިންސްޓޮލޭޝަން އަދި ރިޕެއާ އާއި މެއިންޓެނެންސް ކުރުމުގެ ހިދުމަތާއި ފެސިލިޓީތައް ވެސް އަޅުގަނޑުމެންގެ އެބަ ހުރި. އަޅުގަނޑުމެން މި އޮފާ ކުރަނީ ޓޯޓަލް ސޮލިއުޝަނެއް." އޭނާ ވިދާޅުވި އެވެ.

ލިއޯ ޓްރޭޑިން އަކީ "ޓޯޓަލް ސޮލިއުޝަން" ދެވޭނެ ކުންފުންޏެއްގެ ގޮތުގައި ކުންފުނީގެ އެމްޑީ ސިފަކުރެއްވީ އެ ކުންފުންޏަކީ, ޓަގާއި ބާޖާއި ލޭންޑިން ކްރާފްޓުތައް ފަދަ އުޅާނދުތައް ހުރި ކުންފުންޏަކަށް ވީމަ އެވެ. އަދި އެ ކުންފުނިން އިންޖީނަށް ދިމާވާ މައްސަލަ ހައްލުކޮށްދިނުމަށް އެ އުޅަނދެއް އޮތްތަނަކަށް ގޮސް އެ ކަފުޖަހައިގެން ގެނެވޭނެ ފެންވަރު ހުރި ކުންފުންޏަކަށް ވެސް ވީމަ އެވެ.

ލިއޯ ޓްރޭޑިންގެ ބޯޓު ޔާޑެއް ވެސް ހުރެ އެވެ. ތިލަފުށީގައި ހުރި މި ބޯޓު ޔާޑަކީ މައްސަލަތައް ދިމާވެ, މެއިންޓަންސް އާއި މަރާމާތުގެ މަސައްކަތްތައް ކުރެވޭނެ ތަނެކެވެ. އަދި މިތަނުގައި ވޯޓާ ބްލާސްޓުކުރުމާއި ކާޕެންޓްރީ އާއި ފައިބާ ގްލާސްގެ މަސައްކަތްތައް ވެސް ކުރެވެ އެވެ.

ޑްރައި ޑޮކިންގެ ހިދުމަތް ވެސް ލިއޯއިން ދޭ. ލިއޯ އަކީ މިފަދަ ގިނަ ހިދުމަތްތަކެއް ދޭ ކުންފުންޏެއް.

މިއީ މި ފެންވަރުގައި އިންޖީނު ގަތުމުން ފެށިގެން އިންޖީނާ ގުޅުން ހުރި ހުރިހާ ހިދުމަތެއް ދޭ ހަމައެކަނި ކުންފުންޏެވެ.

މި ކުންފުނީގެ ޓެކްނިކަލް މެނޭޖަރު އަހުމަދު ޝިފާން ވިދާޅުވީ ލިއޯ އަކީ އިންޖީނުގެ އެންމެ ކުޑަ އިސްކުރުން ފެށިގެން ބޭނުންވާ ހުރިހާ ތަކެއްޗަކާއި ހިދުމަތެއް ފޯރުކޮށްދެވޭނެ ބައެއް ކަމަށެވެ.

ލިއޯއިން ވިއްކާ ބައެއް ޕްރޮޑަކްޓުތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ހަމައެކަނި އިންޖީނެއް ނޫން މި ވިއްކަނީ. އަޅުގަނޑުމެންގެ ޝޯރޫމުގައި އިންޖީނުގެ ސްޕެއާތަކުން ފެށިގެން ކަނޑު އުޅަނދުތަކަށް ބޭނުންވާނެ އަޑީތެލާއި, ސްޓިއަރިން ވީލާއި ކުލަ ފަދަ އެއްޗިހިން ފެށިގެން އެކި ސައިޒުތަކުގެ ޖެނެރޭޓަރު ވެސް އެބަ ވިއްކަން." އޭނާ ވިދާޅުވި އެވެ.

ލިއޯގެ ޓެކްނިކަލް މެނޭޖަރު އަހުމަދު ޝިފާން އެ ތަނުން ވިއްކާ އެކި ޕްރޮޑަކްޓުތަކުގެ މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލިއޯ ޓްރޭޑިންގެ ޝޯރޫމުގައި މި އިންޖީނުގެ އިތުރުން 20 ކިލޮވޮޓުން ފެށިގެނ 110 ކިލޮވޮޓާއި ހަމައަށް އެކި ރޭންޖުގެ މެރިން ޖެނެރޭޓަރު ލިބެން ހުރެ އެވެ. އަދި 12 ކިލޮވޮޓުން ފެށިގެން 200 ކިލޮވޮޓާއި ދެމެދުގެ ސައުންޑް ޕްރޫފް ލޭންޑް ބޭސްޑް ޖަނަރޭޓަރު ވެސް ހުރެ އެވެ.

ލިއޯ ސްޓޯރުގެ ލޮކޭޝަން.

ފުޅާ ދާއިރާއެއްގައި މެރިން އިންޑަސްޓްރީގެ ވިޔަފާރިތައް ކުރާ ލިއޯ ކުންފުނިން އަމާޒުހިފާފައި ހުރީ މިހާރަށް ވުރެ ވެސް ހިދުމަތްތައް ފުޅާ ކުރުމަށެވެ. އެގޮތުން "ވިޗާއީ"އާ ގުޅިގެން އިންސާނީ ވަސީލަތް ތަރައްގީކުރުމާއި, އެ ބްރޭންޑާއި ގުޅުން ހުރި, ކޮލެޓީ އެކި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތަކާއި އެކު އެ ތަނުން ވިއްކާ ޕްރޮޑަކްޓު ރޭންޖު އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

އެ ކުންފުނީގެ އަމާޒަކީ "ވިޗާއީ" އަކީ ދިވެހިންނަށް ބަރޯސާވެވޭ, އިތުބާރުކުރެވޭ "ނަމްބަރ ވަން" އިންޖީނުގެ ޝަރަފު ހޯދުމެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރިއަލް ހާޑްވެއާ ލިއޯ ސްޓޯރުގެ ދެ އައުޓްލެޓް ތިލަފުއްޓާއި ހުޅުމާލޭގައި ހުރެ އެވެ. އަދި މިތަނުގެ ވެބްސައިޓުން ލިއޯއިން ވިއްކާ ހުރިހާ ޕްރޮޑަކްޓުތަކެއް މައުލޫމާތު ލިބެން ހުންނާނެ އެވެ.

ނޯޓު: މިއީ ލިއޯ ޓްރޭޑިންގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.





More from Mihaaru