ޕޮލިސް ކޮމިޝަނަރުގެ އޮފީހުން ސާވިސް ޑިވެލޮޕްމަންޓަށް ޝިފާން ބަދަލުކޮށްފި

Tue, 22 Oct 2024 11:23 AM

View on this article on Mihaaru

ޕޮލިސް ކޮމިޝަނަރުގެ އޮފީހުން ސާވިސް ޑިވެލޮޕްމަންޓަށް ޝިފާން ބަދަލުކޮށްފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ޕޮލިސް ކޮމިޝަނަރު އޮފީހުގެ ޒިންމާއިން ދުރުކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، އެ ބަދަލުތައް ގެނައިކަން އިއްޔެ މެންދުރު ރަސްމީކޮށް އިއުލާންކުރީ، ފުލުހުންގެ އެތެރޭގެ މައުލޫމާތުތާއި މަޝްވަރާތައް ކުރުމަށް ހަދާފައިވާ "އިންޓްރާ" އޮންލައިން ޕްލެޓްފޯމުގަ އެވެ.

އޭގައި ބުނެފައިވަނީ ޝިފާން، ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިހާރު، ކޮމިޝަނަރު އޮފީހުގެ ހެޑަކަށް ހަމަޖައްސާފައިވަނީ، ސާވިސް ޑިވެލޮޕްމަންޓުގެ އިސްވެރިއަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މޫސާ އަލީ އެވެ.

މި ވަގުތު ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން ހުންނެވިއަސް އެ މަގާމަށް ވަރަށް އަވަހަށް އެހެން ބޭފުޅަކު އައްޔަންކުރައްވާނެ ކަމަށްވެ އެވެ.

މޫސަ ކުރިން ހުންނެވީ ނ، ރ، ބ އަދި ޅ. އަތޮޅުގެ ރީޖަނަލް ކޮމާންޑަރަކަށެވެ. ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓްރޭޓަކަށް ބަދަލުކުރެއްވީ އެ މަގާމުގެ ދައުރު ހަމަވުމުންނެވެ.

ޕޮލިސް ކޮމިޝަނަރު އޮފީހުގެ އިސްވެރިއަކަށް ޝިފާން ހަމަޖެއްސެވީ އާ ވެރިކަމާ އެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އައްޑޫ ޕޮލިސް އެކަޑެމީގަ އެވެ.





More from Mihaaru