ފަޅު ރަށްތައް ހޯދަން ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރަނީ

Mon, 21 Oct 2024 05:38 PM

View on this article on Mihaaru

ފަޅު ރަށްތައް ހޯދަން ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރަނީ

ފަޅު ރަށްތައް ހޯދަން ކައުންސިލުންތަކުން ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރަން ފަށައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ނަފާ ލިބޭނެ ގޮތަށް ފަޅުރަށްތައް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

އެ ވައުދާ އެއްގޮތަށް ފަޅުރަށްތައް ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތްތައް، އެކަމަށް ސަރުކާރުން އައްޔަންކޮށްފައިވާ ހާއްސަ ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ހަފުތާގެ ތެރޭގައި އިވެލުއޭޝަން ނިންމާނެ ކަމަށެވެ.

ފަޅު ރަށް ހޯދަން ހުށަހެޅީ ތިން ކައުންސިލަކުންނެވެ. އެއީ ރ. އިނގުރައިދޫ ކައުންސިލާއި ދ. ކުޑަހުވަދޫ ކައުންސިލް އަދި ލ. މާވަށު ކައުންސިލެވެ.

ކުޑަހުވަދޫ ކައުންސިލުން އެދުނީ މިނިމަސްގަލިއާ ފެންފުށި ހޯދާށެވެ. ނެޔޮ ހޯދަން އިނގުރައިދޫ ކައުންސިލުން އެދުނުއިރު ބޮޑުމާބުޅަލިއަކީ މާވަށު ކައުންސިލުން ބޭނުންވެގެން ޕްރޮޕޯޒަލް ހުށަހެޅި ރަށެކެވެ.

ލާމަރުކަޒީ ގާނޫނު ބުނާގޮތުން ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްތައް ވެސް ކައުންސިލަށް ލިބެ އެވެ. އެކަމަކު، މިއީ އޭގެ އިތުރުން ކުރާ ކަމެކެވެ.





More from Mihaaru