ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު ތިން ޑޮކްޓަރަކަށް

Mon, 21 Oct 2024 07:22 PM

View on this article on Mihaaru

ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު ތިން ޑޮކްޓަރަކަށް

ރާއްޖޭގައި ޓޫރިޒަމް ވިޔަފާރީގައި އެންމެ މުއްސަނދި އެއް ކުންފުނި ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު މި އަހަރު ތިން ޑޮކްޓަރަކަށް ދޭން ނިންމައި އެ މީހުންނާ މިއަދު ސްކޮލަޝިޕް ހަވާލުކޮށްފި އެވެ.

ޔުނިވާސަލް ފައުންޑޭޝަނުން އަލްމަރުހޫމް ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި، މިދިޔަ އަހަރު ތައާރަފް ކުރި ސްކޮލާޝިޕަކީ ރާއްޖެ އިން ބޭރުގައި ސިއްހީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރުމަށް އެދޭ ދިވެހި ދަރިވަރުންނަށްދޭ ފުތުސަތުތަކެކެވެ.

ސްޕެޝަލައިޒް ވުމުގެ ފުރުސަތު މި އަހަރު ދިނުމަށް ކަނޑައެޅި ޑޮކްޓަރުންނާ ސްކޮލާޝިޕްތައް ހަވާލުކުރީ ޔުނިވާސަލްގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ހުރިހާ ހަރަދެއް އެ ކުންފުނިން ކުރާ އެ ސްކޮލާޝިޕްތަކަށް މި ފަހަރު ފުރުސަތު ދީފައި ވަނީ:

1. ޑރ، ފާތިމަތު މިޝްފާ ނަސީމް: މާސްޓާ އޮފް އޯޓޯރައިނޯލަރީންގޮލޮޖީ (ސިކުނޑި އާއި ކަނދުރާގެ އޮޕަރޭޝަންތަކަށް ހާއްސަ)

2. ޑރ. ނުހާ އަބްދުއްރަހުމާން: މާސްޓާ އޮފް ޕީޑިއޭޓްރިކްސް (ކުޑަކުދިންގެ ބަލިތަކަށް ހާއްސަ)

3. ޑރ. އައިމިނަތު ނަޖުދާ: މާސްޓާ އޮފް މެޑިސިން (އޮޕަރޭޝަންތަކަށް ހާއްސަ)

އެ ތިން ސްކޮލާޝިޕް ވެސް ދީފައި ވަނީ މެލޭޝިއާގައި ކިޔެވުމަށެވެ.

ޔުނިވާސަލް އެންޓަޕްރައިޒަސްގެ ތާރީހުގައި މިދިޔަ 41 އަހަރުގެ ތެރޭގައި ދިވެހިންގެ ލާބަ އާއި މަންފާ އަށް ކޮށްފައިވާ ގިނަ މަސައްކަތްތައް މިހާރު ރަސްމީ ގޮތެއްގައި ކުރިއަށް ގެންދަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ވަނީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ކިޔަވާ ދަރިވަރުންނަށް 121 ސްކޮލާޝިޕް ދީފަ އެވެ. އޭގެ ތެރެއިން 15 ދަރިވަރަކު މިހާރު ވެސް އަންނަނީ ރާއްޖެ އިން ބޭރުގައި ތައުލީމު ހާސިލް ކުރަމުން ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ސަރުކާރާއި އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކުން ރާއްޖޭގެ ތަރައްގީއަށާއި އިޖުތިމާއީ ކަންކަމަށާއި އެކިއެކި އެހީގެ ޕްރޮގްރާމް ރާވައި ހިންގުމުގައި ސީދާ ގޮތުންނާއި ނުސީދާގޮތުން ޔުނިވާސަލް ފައުންޑޭޝަންގެ އެހީތެރިކަން ފޯރުކޮށްދެ އެވެ.





More from Mihaaru