އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް ހާމަކުރަނީ

Mon, 21 Oct 2024 06:03 PM

View on this article on Mihaaru

އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް ހާމަކުރަނީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ ހުރި ނަމަ، އެ މީހެއްގެ ވަނަވަރު ހާމަކުރަން އެ ކުންފުނިން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި، ނުދައްކާ ހުރި ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކާ ހަލާސްކުރަން އަންގާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދޭނެ ކަމަށް އިއުލާނުގައިވެ އެވެ. އެ ނޯޓިހާ އެކު އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަން ޖެހޭ ފައިސާގެ ތަފްސީލުތައް ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

މިއީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުންޏެވެ.





More from Mihaaru