އަލިފުށީގައި ފީނަން ފައިބާ އުޅެނިކޮށް ގެއްލުނު މީހަކު ކަނޑުއަޑިން ނަގައިފި

Fri, 18 Oct 2024 01:48 PM

View on this article on Mihaaru

އަލިފުށީގައި ފީނަން ފައިބާ އުޅެނިކޮށް ގެއްލުނު މީހަކު ކަނޑުއަޑިން ނަގައިފި

ރ. އަލިފުށި ކައިރިއަށް ފީނަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަނޑުއަޑިން ނަގައިފި އެވެ. އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ދެންމެ ބުނެފަ އެވެ.

ގެއްލިގެން ހޯދީ އެ ރަށު ކަޝްމީރުގެ، ނަބީހު ހަސަން އެވެ. އޭނާއާ އެކު އިތުރު ތިން މީހަކު ފީނަން އަލިފުށި ކައިރިއަށް ފީނަން ފޭބީ މިއަދު ހެނދުނު 10 ޖަހާކަށް ހާއިރުކަން ވަނީ އެނގިފަ އެވެ.

ފުލުހުން ދެންމެ ބުނީ އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މަރުވެފައިވާކަން ރ. އަލިފުށި ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާ މަރުވީ ހަށިގަނޑު ރަށަށް ގެންދިޔަ ފަހުންނެވެ.

"އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރައި އަޑީގައި އޮތް ކަމަށް މިއަދު 12:08 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ،" ފުލުހުން ބުންޏެވެ.

ފޮޓޯ: އަލިފުށި ލައިވް

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ރ. އަލިފުށި ދެކުނު ފަރާތު ކަނޑު އަޑިންނެވެ. އަދި އޭނާ ކަނޑުން މައްޗަށް ނެގީ ޑައިވަރުންގެ ޓީމަކުންނެވެ.





More from Mihaaru