ސްޕޯޓްސް ކޯޕަރޭޝަން އުވާލައިގެން ވާކަށް ނެތް! Plaza EURO 2024 Submore Euro 2024 DAMAS PREDICT & WIN! Trending Now

Sat, 13 Jul 2024 06:38 AM

View on this article on Mihaaru

ސްޕޯޓްސް ކޯޕަރޭޝަން އުވާލައިގެން ވާކަށް ނެތް!
                                                Plaza EURO 2024 
                                                Submore Euro 2024 
                                                DAMAS PREDICT & WIN! Trending Now

ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ދަނޑެއް އެބައޮތެވެ. ފުލް ޕިޗާއި މިނީ ޓާފާ ހިމެނޭހެން ބައެއް ރަށްރަށުގައި ދެ ދަނޑު އެބައޮތެވެ. އެހެން ބައެއް ރަށްރަށުގައި ދަނޑާއި ވޮލީ އަދި ބެޑްމިންޓަން ކޯޓެވެ. މާލޭގައި ހުރި ކުޅިވަރު ކުޅޭ ބައެއް ތަންތަން ހުރީ ވީރާނާވާން ކައިރި ވެފަ އެވެ. ބައެއް ތަންތަން ދޭތެރެދޭތެރެއިން މަރާމާތުކޮށްލައިގެން ބޭނުން ކުރެ އެވެ. އިންޑޯގައި ކުޅޭ ބައެއް ކުޅިވަރުތަކަށް، ވަކިވަކި އިންޑޯ ހޯލް އިމާރާތް ކުރަން މާލެ ސަރަހައްދުން ބިން ވަނީ ދީފަ އެވެ.

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވާ ގޮތުން ނިސްބަތުން ބަލާއިރު ރާއްޖެ އަށް ވުރެ ގިނައިން ދަނޑުތައް ހުރި ދެ ވަނަ އެހެން ގައުމެއް ނެތެވެ. ކުޅިވަރުގެ އުމްރާނީ ވަސީލަތް މިހާ ބޮޑު ގައުމެއްގައި ސްޕޯޓްސް ކޯޕަރޭޝަން ކަހަލަ ކުންފުންޏަކަށް ބާރާއި މަސައްކަތް ކުރާނެ ޖާގަ ދީ ދެމެހެއްޓުން މުހިންމު ނުވޭ ހެއްޔެވެ؟

ރަށްރަށުގައި ހަދާ ދަނޑުތައް، އަވަސް އަވަހަށް މަރާމާތުކުރަން ޖެހޭ އިރު އެކަން ކޮންމެ ފަހަރަކު ސަރުކާރުގެ ބަޖެޓުން ކުރަން ޖެހުމުން، އެކަން ނުކުރެވި ގިނަ ދުވަސްތަކެއް ހޭދަ ވެގެންދެ އެވެ. ސަރުކާރުން މަސައްކަތް ހަވާލުކުރާ އަމިއްލަ ކުންފުނިތަކަށް، ކުޅިވަރުގެ ޕްރޮޖެކްޓްތައް ދީފައި އޮންނަ މުއްދަތު ފަހަނައަޅައިގެން ދާއިރު ވެސް ނުނިންމޭތީ އެ މައްސަލަ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހްލޫފްގެ އިތުރުން މިހާރުގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވެސް ފެންމަތި ކުރެއްވި އެވެ.

އެ ހުރިހާ މައްސަލަތަކެއް ކުޑަކުރުމަށް ކުޅިވަރު ކުޅޭ ދަނޑާއި ކޯޓް އަދި އިމާރާތްތައް ސްޕޯޓްސް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ބަލަހައްޓައި ކުރިއަށް ގެންދިއުމަށް ބައެއް ބޭފުޅުން ހިޔާލު ދެއްވާފައިވެ އެވެ. އޭރުން، ސްޕޯޓްސް ކޯޕަރޭޝަނަކީ ވެސް އާމްދަނީ ލިބޭ ކުންފުންޏަކަށް ބަދަލު ކުރެވިދާނެ ކަމަށް އެކަމަށް ހިޔާލު ދެއްވާ ބޭފުޅުން ދެކެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނާ އެކު ސްޕޯޓްސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހު، އެ ކޯޕަރޭޝަންގެ މެނޭޛިން ޑިރެކްޓަރުކަން އެންމެ ފަހުން އަދާކުރެއްވި މައުރޫފް (ކ) އާއި އޭރުގެ ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ) އާއި ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މާއްޓޭ ފޮޓޯއަކަށް ހުއްޓިލައިގެން: މަހްލޫފް ފަހުން ދެއްކެވީ ސްޕޯޓްސް ކޯޕަރޭޝަން އުވާލާ ވާހަކަ --- ފައިލް ފޮޓޯ

ކުރީގެ ސަރުކާރުން އޮތީ ސްޕޯޓްސް ކޯޕަރޭޝަން އުވާލަން، ކުޅިވަރު ގާނޫނަށް އިސްލާހް ގެނައުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ މަޖިލީހުގައި އޮތުމުން، ސްޕޯޓްސް ކޯޕަރޭޝަނަށް ބޯޑެއް އައްޔަން ކުރަން ވެސް މި ސަރުކާރުން ބޭނުމެއް ނުވި އެވެ. ސްޕޯޓްސް މިނިސްޓަރު ރާފިއު ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައަޅަން އެނގޭނީ މަޖިލީހުން ނިންމާ ގޮތަކުން ކަމަށެވެ. އެކަމަކު އަދި މިހާތަނަށް އެ ކޯޕަރޭޝަން އުވާލަން މަޖިލީހުން ނިންމާފައެއް ނެތެވެ.

"އެކަން ކުރިއަށްދާ ގޮތެއް އެނގުނީމަ ދެން އިތުރަށް ކުރިއަށްގެންދާނީތޯ އުވާލާނީތޯ (ނިންމަން އެނގޭނީ) މަޖިލީހުގައި އޮތް ކަމެއްވީމަ،" ރާފިއު ވިދާޅުވެފައިވެ އެވެ.

އެ ކޯޕަރޭޝަނަށް އެއް ވެސް މަސައްކަތެއް ހަވާލުނުކޮށް، އެ ކުންފުންޏަށް މިދިޔަ ހަތަރު އަހަރު 36 މިލިއަން ރުފިޔާ ސަރުކާރުން ހޭދަ ކުރިކަމަށް، އޮޑިޓާ ޖެނަރަލްގެ އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައި ވެއެވެ. އެ މުއްދަތުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ނެރެވުނީ 1.1 މިލިއަން ރުފިޔާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ އިސް މަގާމެއް ކުރިން އަދާކުރެއްވި ބޭފުޅަކު ވިދާޅުވީ، ކުޅިވަރު މަޝްރޫތަކަށް ކުރިމަތިލުމުގެ ހުއްދަ ދިނުމަށް އެ ކުންފުނިން އެދުމުން ވެސް ކުރީގެ ސަރުކާރުން އެ ހުއްދަ ވެސް ދީފައި ނުވެ އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު: މި ސަރުކާރުން ސްޕޯޓްސް ކޯޕަރޭޝަނަށް ބޯޑެއް އައްޔަންކޮށްފައެއް ނުވޭ: ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކުޅިވަރުގެ ބައިވަރު މަޝްރޫތައް ސަރުކާރުން އިއުލާން ކުރަމުން ދިޔައީ. އަޅުގަނޑުމެން ފިނޭންސާ [ފިނޭންސް މިނިސްޓްރީއާ] އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދެއްކިން ސަރުކާރުން އިއުލާން ކުރާ (ކުޅިވަރުގެ) މަޝްރޫތަކަށް އަޅުގަނޑުމެން ވެސް ކުރިމަތިލާން. އެކަމަކު (ކުރީގެ) ފިނޭންސް މިނިސްޓަރު [އިބްރާހިމް އަމީރު] ވިދާޅުވީ ތިއީ އެ ބިޑްތަކަށް ކުރިމަތިލާން އޮތް ކުންފުންޏެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނަށް، ސަރުކާރުން ހަވާލު ކުރި އެންމެ މަސައްކަތެކެވެ. އެއީ 60 ރަށަށް އައުޓް ޑޯ ޖިމް ސާމާނު ގެނައުމަށެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ވެސް އެ ސާމާނު ރާއްޖެ ނުގަނެވުމުން، އޭރުގެ މިނިސްޓަރު މަހްލޫފް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި އެ ވާހަކަ ބަންޑުންކޮށްލެއްވީ މާ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގަ އެވެ.

އޭނާ އެ ވާހަކަ ދެއްކެވީ، ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ވާހަކައިގެ ތެރޭގަ އެވެ. އައުޓް ޑޯ ޖިމް ސާމަނު ގެނައުން ލަސްވި ވާހަކަ މަހްލޫފް ދެއްކެވީ ކުންފުނި އުވާލާނެ ބަލިފައިތައް ދެއްކެވުމުގެ ގޮތުންނެވެ.

އެ ކުންފުނީގައި އެންމެ ފަހުން ހުންނެވި ޗެއާމަން، ހުސައިން މުހައްމަދު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަށް ފުރުސަތާއި ޖާގަ ސަރުކާރުތަކުން ދޭނަމަ، އެ ކުންފުންޏަކީ ވެސް ފައިދާ ނެރެވޭނެ ކުންފުޏަކަށް ބަދަލު ކުރެވޭނެ އެވެ.

އެކަމަކު، މިހާރު ހާލަތު އޮތް ގޮތްތުން އަމިއްލަ ފައިމައްޗަށް ތެދުވާނެ ފެންވަރެއް ވެސް އެ ކުންފުނީގައި ނެތެވެ. ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ފުރަތަމަ ފަށާއިރު އެއް ވެސް ގާބިލުކަމެއް ނުހުރެ އެވެ. އެކަމަކު ކުންފުނި ހެދި ބޮޑުވެ ތަސައްރަފު ފުދެނީ ސަރުކާރުން ދޭ މަޝްރޫތައް ހިންގައިގެން ލިބޭ ފައިސާއިންނެވެ.

ސްޕޯޓްސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ސްޕޯޓްސް މިނިސްޓްރީން ބޭނުން ވަނީ ކީއްވެގެންކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަންގައި އެންމެ ފަހުން އޮތް ބޯޑުގެ ބައްދަލު ވުމެއްގެ ތެރެއިން --- ފައިލް ފޮޓޯ: ސްޕޯޓްސް ކޯޕަރޭޝަން

ސްޕޯޓްސް މިނިސްޓަރު ރާފިއު "މިހާރު" ގެ އިންޓަވިއުގައި ވިދާޅުވެފައި ވަނީ ސްޕޯޓްސް ކޯޕަރޭޝަންގެ މަސައްކަތްތަ ސްޕޯޓްސް މިނިސްޓްރީ އާއި ސަރުކާރުގެ އެހެން މިނިސްޓްރީތަކުގެ މަސައްކަތާ ފުށުއަރާ ކަމަށެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ފުށުއެރުންތަކެއް އެބަހުރި ސްޕޯޓްސް ކޯޕަރޭޝަން ކުރައްވާ ކަންތައްތަކާ މި މިނިސްޓްރީ ނޫނިނިއްޔާ އެލައިން މިނިސްޓްރީތަކުގެ މަސައްކަތްތަކާ،" ރާފިއު ވިދާޅުވެފައިވެ އެވެ.

އެކަމަކު، އޭނާ ވިދާޅުވީ ކުޅިވަރު ރެގިއުލޭޓް ކުރުމާ ދަނޑު އެޅުމަކީ ތަފާތު ދެ ތަނަކުން ކުރާ ތަފާތު ދެ މަސައްކަތެއް ކަމަށެވެ. ސްޕޯޓްސް މިނިސްޓްރީގެ ދައުރަކަށް ވާން ޖެހޭނީ ކުޅިވަރު ރެގިއުލޭޓްކޮށް ބެލެހެއްޓުން ކަމަށް، ކުޅިވަރުގެ ދާއިރާއިން ތައުލީމު ހާސިލު ކުރި ހާމިދު ވިދާޅުވި އެވެ.

"ރެގިއުލޭޓް ކުރެވިފައި ނެތީމަ ދަނޑުތަކުގެ ބޭނުން ނުކުރެވި އެ އޮންނަނީ. ކިތައް ރަށުގައި ތޯ ދަނޑު އަޅާފަ އޭގެ ހަގީގީ ބޭނުން ނުކުރެވި އޮތީ؟ ކުޅިވަރު ލާމަރުކަޒުކުރާނެ ސިޔާސަތުތަކެއް ގަވާއިދުތަކެއް ނެތް. އެއީ ރެގިއުލެޓް ނުކުރެވޭތީ ވާ ގޮތް،" އޭނާ ވިދާޅުވި އެވެ.

ކޮން ސަރަހައްދެއްގައި ބިނާ ކުރަންވީ ކޮން ކުޅިވަރުގެ ވަސީލަތެއްކަން ދެނެގަތުމަކީ ކުޅިވަރު ވުޒާރާގެ މަސްއޫލިއްޔަތެއް ކަމަށް ހާމިދު ވިދާޅުވި އެވެ.

"އެ ސިޔާސަތު ސްޕޯޓްސް މިނިސްޓްރީން އެކުލަވާލީމަ ސްޕޯޓްސް ކޯޕަރޭޝަންގެ ކަމެއް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެ ސަރަހައްދަކަށް އެންމެ ބޭނުންވާ ކުޅިވަރުގެ އިންފްރާސްޓރަކްޗާ ހަދައި އެތަން ބެލެހެއްޓުން،" ހާމިދު ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގައި އެންމެ ފަހުން ހުންނެވި ޗެއާމަން: އޭނާ ވިދާޅުވީ ސަރުކާރުތަކުން އެ ކުންފުންޏަށް ޖާގަ ދޭނަމަ ފައިދާ ނެރެވޭ ކުންފުންޏަކަށް ހެދޭނެ ކަމަށް --- ފައިލް ފޮޓޯ

"ސްޕޯޓްސް މިނިސްޓްރީގެ މެންޑޭޓަކަށް ވާން ޖެހޭނީ އެ އިންފްރާސްޓްރަކްޗާއިން ކުޅިވަރަށް އެންމެ ފައިދާ ހުރި ގޮތަކަށް އެ ބޭނުން ކުރެވޭނެ ސިޔާސަތުތައް އެކުލާވަލައި އެކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން."

އޭނާ ވިދާޅުވީ ކުޅިވަރު ވަސީލަތްތަކަކީ ވިޔާފާރި ބްރޭންޑަކަށް ބަދަލު ކުރެވި އޭގެ ނޭމިން ރައިޓްސް އަގުބޮޑުކޮށް ވިއްކާލެވޭނެ އެސެޓެއް ކަމަށެވެ. އެކަން ކުރަން ކުޅިވަރުގެ ވިޔަފާރި ކުންފުންޏެއް ދައުރު ރާއްޖެ އަށް މުހިންމުކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ވަކިވަކި ކުޅިވަރުތަކަށް އިންޑޯ އެރީނާ ހަދަން ބިން ދިން ނަމަވެސް، އެކަން ކުރެވޭނެ ގާބިލުކަމެއް ރާއްޖޭގެ ގިނަ އެސޯސިއޭޝަންތަކުގައި ނެތެވެ. އެސޯސިއޭޝަނަކަށް ވަކިވަކިން އިންޑޯ އާއި އެހެނިހެން އިންފްރާސްޓްރަކްޗާ ހަދައި ދިނުމަކީ ސަރުކާރަށް ވެސް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ވަސީލަތްތައް ހަދައި އެތަންތަން ބަލަހައްޓާނެ ފުރުސަތަށް ސަރުކާރުން ހުޅުވާލަން ޖެހޭ ކަމަށް ވެސް ސްޕޯޓްސް ކޯޕަރޭޝަން ދެމެހެއްޓުމަށް ތާއީދުކޮށް ވާހަކަ ދެއްކެވާ ބޭފުޅުން ވިދާޅުވެ އެވެ. ސްޕޯޓްސް ކޯޕަރޭޝަނަށް ގާނޫނުން އެ ޖާގަ އޮތީ ދީފަ އެވެ. ބޭނުން ވަނީ އެ ފުރުސަތު ފަހިކޮށްދީ އެ ގާބިލުކަން ހޯދުމުގެ ދައުރު އެ ކޯޕަރޭޝަނަށް ދިނުމެވެ.

އެކަމަކު ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ސްޕޯޓްސް ކޯޕަރޭޝަން، އަމިއްލަ ފައިމައްޗަށް ތެދުވެލާނެ ފުރުސަތު ވެސް ސަރުކާރާއި މަޖިލީހުން ދޭން ބޭނުންވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.

ދަނޑު އެޅުމުގެ ގިނަ ޕްރޮޖެކްޓައް މިހާތަނަށް ހިންގާފައި ވަނީ މަޖިލީހުގެ ކޮންމެ ވެސް މެންބަރެއްގެ މަސްލަހަތު އޮންނަ ކުންފުނިތަކަކުންނެވެ. ނުވަތަ ކުޅިވަރުގެ އިސް މަގާމެއް އަދާކުރައްވާ ބޭފުޅުންތަކެއް ބާރު ހިނގާ ކުންފުންޏަކުންނެވެ.

ޕްރޮޖެކްޓްތައް ނިންމަން އޮންނަ މުއްދަތުގައި، އެ ކުންފުނިތަކަށް މަސައްކަތް ނުނިންމުނަސް ވަރިހަމަ އެވެ. އަނެއްކާ އަނެއް ޕްރޮޖެކްޓް ވެސް ހަމަ އެ ކުންފުނިތަކަށް ދޭން ވީ އެވެ.





More from Mihaaru