އިންޑިއާ ހަވާދުގެ ދެ ބްރޭންޑެއް ރާއްޖޭގައި މަނާކޮށްފި

Sat, 27 Apr 2024 05:40 PM

View on this article on Mihaaru

އިންޑިއާ ހަވާދުގެ ދެ ބްރޭންޑެއް ރާއްޖޭގައި މަނާކޮށްފި

އިންޑިއާގެ ހަވާދުގެ ދެ ބްރޭންޑަކުން ކެމިކަލް މާއްދާއެއް ފެނުމުން ރާއްޖޭގައި އެ ބްރޭންޑްތަކުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

މަނާކުރީ "އެވަރެސްޓް" އާއި "އެމްޑީއެޗް" ގެ ބްރޭންޑުގެ ބައެއް ހަވާދެވެ. އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑުގެ ހަވާދަކީ އިންޑިއާގައި އެންމެ މަގުބޫލު ހަވާދުތަކުގެ ތެރޭގައި ހިމެނޭ ދެ ބްރޭންޑެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި "އެތިލިން އޮކްސައިޑް (ކެމިކަލެއް)" ހުރި ކަމަށް ސިންގަޕޫރްގެ ފުޑް އެޖެންސީ އާއި ހޮންކޮންގުގެ ސެންޓަ ފޮ ފުޑް ސޭފްޓީން ބުނެފައިވާ ކަމަށެވެ.

މި ބްރޭންޑުތަކުގެ ހަވާދުތަކަކީ ރާއްޖެއަށް ވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންދާ ހަވާދުގެ ބާވަތްތަކެކެވެ. އެހެންވެ ރާއްޖޭގެ ބާޒާރުން އެ ބްރޭންޑްތައް ނެގުމަށް އެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ "އެތިލިން އޮކްސައިޑަކީ" ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރަން ބޭނުން ކުރާ ކެމިކަލްއެކެވެ. އެމްއެފްޑީއޭ އިން ބުނީ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.





More from Mihaaru