ދިވެހިންނަށް ހުޅުމާލެ ބީޗްސައިޑުން 13 ބިމެއް ވިއްކަން ހުޅުވާލައިފި

Thu, 09 May 2024 07:33 PM

View on this article on Mihaaru

ދިވެހިންނަށް ހުޅުމާލެ ބީޗްސައިޑުން 13 ބިމެއް ވިއްކަން ހުޅުވާލައިފި

ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ހުޅުމާލެ 2 އިން ބިން ގަތުމުގެ ފުރުސަތު އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ބީލަމުގެ އުސޫލުން ހުޅުމާލެ "ބީޗް ސައިޑުން" ދިރިއުޅުމަށްޓަކައި 13 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ބިންތަކުގެ ބޮޑުމިނުގައި ހުންނާނީ 1،864-2،408 އަކަފޫޓު ކަމަށް އެޗްޑީސީން ބުންޏެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ދެ މަރުހަލާއެއްގަ އެވެ، އެއީ:

1. ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން.

2. އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ އެ ބިމަކަށް ބިޑް ކުރުން.

ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ހުޅުމާލެ އިން ބިން ވިއްކާ ސަރަހައްދު.---ފޮޓޯ: އެޗްޑީސީ

ބީލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.

ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހަޅާނީ ޕޯޓަލް (https://bids.hdc.mv/) މެދުވެރިކޮށެވެ. ޕޯޓަލްގައި ރަޖިސްޓަރީކޮށް މިއަދުން ފެށިގެން ބީލަށް ހުށަހެޅޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.





More from Mihaaru