ޕޯސްޓު އޮފީސް ނަމުގައި ސްކޭމެއް މެސެޖްތަކެއް ފޮނުވަން ފަށައިފި

Sat, 27 Apr 2024 01:39 PM

View on this article on Mihaaru

ޕޯސްޓު އޮފީސް ނަމުގައި ސްކޭމެއް މެސެޖްތަކެއް ފޮނުވަން ފަށައިފި

ޕޯސްޓު ފޮނުވާ އެޑްރެސް ބަދަލުވެ ގުޅޭނެ ގޮތެއް ނެތް ކަމަށް ބުނެ ޕޯސްޓް އޮފީސް ނަމުގައި ބަޔަކު ސްކޭމެއް ހިންގަން ފަށައިފި އެވެ.

އޭގެ ބައެއް ސްކްރީންޝޮޓްތައް "މިހާރު" އަށް ވަނީ ލިބިފަ އެވެ.

ކެނެޑާގެ ނަމްބަރުތަކަކުން ފޮނުވަމުންދާ އެ މެސެޖުގައި ބުނެފައި ވަނީ އެ މެސެޖް ފޮނުވަނީ ރާއްޖޭގެ ޕޯސްޓް އޮފީހުން ކަމަށެވެ.

ގުދަނަށް ޕެކޭޖް އައިސްފައިވާ ކަމަށާއި އެޑްރެސްގެ މައުލޫމާތު ރަނގަޅުނުވެގެން ފޮނުވޭނެ ގޮތެއް ނެތް ކަމަށް ވެސް އެ މެސެޖްގައިވެ އެވެ.

އެ މެސެޖާއެކު ފޮނުވާފައިވާ ލިންކުން ރަނގަޅު މައުލޫމާތު އަލުން ފުރިހަމަކުރުމުން 24 ގަޑިއިރުގެ ތެރޭގައި ޕެކޭޖް ފޮނުވާނެ ކަމަށް ވެސް އެ މެސެޖުތަކުގައިވެ އެވެ.

އެޑްރެސް ބަދަލު ކުރުމަށް ހަދަން ޖެހޭ ގޮތް ވެސް އޭގައި ކިޔައިދީފައިވެ އެވެ. އޭގައި ބުނެފައި ވަނީ ލިންކް ހުޅުވައިގެން އަލުން އެ ޕެކޭޖް ލިބޭ ގޮތް ހެދުމަށް ނުވަތަ އޯޑަރު ކޮށްފައިވާ ޕެކޭޖް ޑީލަރަށް އަނބުރާ ދިނުމެވެ.

މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ ކުރީކޮޅާ ހަމައަށް އެކަނި ވެސް ސްކޭމާ ގުޅޭ 28،000 މައްސަލައެއްގައި 27 މިލިއަން ރުފިޔާ ގެއްލިގެން ޕޮލިހަށް ހުށަހެޅި އެވެ. އޭގެ ތެރެއިން، މިހާތަނަށް ރިކަވާ ކުރެވުނީ އެއް މިލިއަން ރުފިޔާ އެވެ.

ސްކޭމްތައް ގިނަވެ، އެކަން ގައުމީ ބޮޑު މައްސަލައަކަށްވެ، ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން އެކަން ހައްލުކުރުމަށް މިހާރު އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.





More from Mihaaru