ހަދިޔާ ފޮށީގެ ނަސީބުވެރިންނަށް އެޕަލް ވިޝަން ޕްރޯ އާއި އަގުހުރި އެތައް އިނާމުތަކެއް!

Fri, 26 Apr 2024 08:41 AM

View on this article on Mihaaru

ހަދިޔާ ފޮށީގެ ނަސީބުވެރިންނަށް އެޕަލް ވިޝަން ޕްރޯ އާއި އަގުހުރި އެތައް އިނާމުތަކެއް!

އުރީދޫން މި އަހަރުގެ ރޯދަ މަހު ކުރިއަށް ގެންދިޔަ "ހަދިޔާ ފޮށި" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމުތައް ހަވާލުކޮށްފި އެވެ.

އުރީދޫގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި އަގުހުރި އެތައް އިނާމުތަކެއް ހަވާލުކުރި އިރު، މި އަހަރަށް ހުށަހެޅި އެންމެ ބޮޑު އިނާމު، އެޕަލް ވިޝަން ޕްރޯ ވެސް އެ ރަސްމިއްޔާތުގައި ވަނީ ދީފަ އެވެ.

ހަދިޔާ ފޮށީގެ ގިނަ އިނާމުތަކެއް އެ ރަސްމިއްޔާތުގައި ދިން އިރު، ރޯދަ މަހުގެ ތެރޭގައި ވެސް އިނާމު ލިބުނު ބައެއް ނަސީބުވެރިންނަށް އިނާމުތައް ވަނީ ހަވާލު ކޮށްފަ އެވެ.

މި އަހަރުގެ ހަދިޔާ ފޮށީގައި ހިމަނާފައިވާ ހާއްސަ ހަދިޔާތަކުގެ ތެރޭގައި 65 އިންޗީގެ ޓީވީ އާއި ވާވޭ ބްރޭންޑުގެ އެންމެ ފަހުގެ ސްމާޓް ވޮޗާއި ސެމްސަންގް ގެލެކްސީ އެސް24 ފޯނު ހިމެނެ އެވެ. އަދި ހަދިޔާ ފޮށިން މޫލީއިން ވިޔަފާރި ކުރުމަށް ގިފްޓު ވައުޗަރާއި ޑޭޓާ ބޯނަސް ވެސް ވަނީ ދީފަ އެވެ.

އުރީދޫގެ ހަދިޔަ ފޮއްޓަކީ އުރީދޫ މޮބައިލް އެޕުގައި "ހަދިޔާ ފޮށި" ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި މޮބައިލް އެޕުން ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ 14 ގަޑި އިރަކުން ހަދިޔާ ފޮށި ހުޅުވުމުގެ ފުރުސަތު ދެ އެވެ. ހަދިޔާ ފޮށިން ކޮންމެ ދުވަހަކު ވެސް ކަސްޓަމަރުންނަށް ވަނީ ހިލޭ ޑޭޓާ ނުވަތަ އަގުހުރި އިނާމެއް ދީފަ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ މި އަހަރު ވެސް މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ކަސްޓަމަރުންނަށް މި އަހަރަށް ވުރެ ފުރިހަމަ އިނާމުތަކެއް ހުށަހަޅާ ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

އުރީދޫން ހަދިޔާ ފޮށި ޕްރޮމޯޝަން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ މި ދިޔަ އަހަރު އެވެ.





More from Mihaaru