ފުނަދޫ ދާއިރާގެ އަދާލާތު ޕާޓީގެ ކެންޑިޑޭޓުގެ ތާއީދު، ޕީއެންސީ ކެންޑިޑޭޓް މަމްދޫހަށް

Fri, 19 Apr 2024 02:15 PM

View on this article on Mihaaru

ފުނަދޫ ދާއިރާގެ އަދާލާތު ޕާޓީގެ ކެންޑިޑޭޓުގެ ތާއީދު، ޕީއެންސީ ކެންޑިޑޭޓް މަމްދޫހަށް

އަދާލަތު ޕާޓީގެ ޓިކެޓުގައި ށ. ފުނަދޫ ދާއިރާއަށް ވާދަކުރައްވާ އިސްމާއީލް ހަމީދު، އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މަމްދޫހު ޔޫނުސް އަށް ތާއީދު ކުރަން ނިންމަވައިފި އެވެ.

އެކަން ހާމަކުރައްވައި އިސްމާއީލް ހަމީދު ސޯޝަލް މީޑިއާގައި ވިދާޅުވީ، ސަރުކާރު ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވީ ފުނަދޫ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އެންމެ ފަހިގޮތަކީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓަކު މަޖިލީހުގައި ތަމްސީލް ކުރުން ކަމަށް ފެންނާތީ ކަމަށެވެ.

އޭނާ ވަނީ އޭނާއަށް ތާއީދުކުރި ހުރިހާ ރައްޔިތުން މަމްދޫހުއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.

ފުނަދޫ ދާއިރާއަށް ޖުމްލަ ފަސް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ އިސްމާއީލް ހަމީދާއި މަމްދޫހުގެ އިތުރުން އެމްޑީޕީން ވާދަކުރައްވާ ކުރީގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ޑިމޮކްރެޓްސް އިން ވާދަކުރައްވާ އަބްދުލްހަންނާން ހުސައިން އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅެވެ.

އަހުމަދު އިބްރާހިމްފުޅަކީ ޕީއެންސީގެ ޕްރައިމަރީގައި ނާކާމިޔާބުވި ކެންޑިޑޭޓެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ތާއީދާއެކުގަ އެވެ.





More from Mihaaru